ވަޒީފާގެ ފުރުޞަތު
ނަންބަރު: ASND-HCM-IUL-2024-19
ޕަބްލިޝްކުރި ތާރީޚް: 09 މޭ 2024
ޕަބްލިޝްކުރި ގަޑި: 14:50
ސުންގަޑި:
16 މޭ 2024 14:00
އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މެޑިކަލް އޮތޯރައިޒޭޝަން އޮފިސަރ
އިޢުލާން ނަންބަރު: ASND-HCM-IUL-2024-19
މަޤާމް: މެޑިކަލް އޮތޯރައިޒޭޝަން އޮފިސަރ
ސެކްޝަން: މެޑިކަލް އޮތޯރައިޒޭޝަން
ވަޒީފާ އަދާކުރަންޖެހޭ ތަން: އާސަންދަ ކޮމްޕެނީ ލިމިޓެޑް، މާލެ
މަޤާމުގެ ޝަރުތު:
- ސިއްޚީ ދާއިރާއާއިގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު ކްލިނިކަލް (ޕޭޝިއަންޓް ކެއަރ) ދާއިރާއިން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ސިއްޚީ ދާއިރާއާއިގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު ކްލިނިކަލް (ޕޭޝިއަންޓް ކެއަރ) ދާއިރާއިން 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
- ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރެވޭނެ ފަދަ ފަރާތަކަށްވުން.
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ހުސްނުވާ އާސަންދަ ސްކީމްގެ ދަށުން ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް އެދި ހުށަހެޅޭ ހުށަހެޅުންތައް ދިރާސާކޮށް، ހުސްނުވާ އާސަންދަ ސްކީމުގެ އުސޫލުތަކާ އެއްގޮތްވާގޮތުގެމަތިން އާސަންދައިން ޚިދުމަތް ދެވޭތޯ ޔަގީންކޮށް ޚިދުމަތްހޯދުމަށް އެދޭފަރާތްތަކަށް އެކަން އެންގުން.
- ކުއްލި ބަލި ހާލަތްތަކުގައި އިތުރު ފަރުވާ ލިބިގަތުމަށްޓަކައި އަތޮޅުތެރެއިން އިމަރޖެންސީ އިވެކުއޭޝަނަށް އެދި ހުށަހެޅޭ ކޭސްތަކަށް ހުސްނުވާ އާސަންދަ ސްކީމްގެ އުސޫލުތަކާ އެއްގޮތްވާގޮތުގެމަތިން ޚިދުމަތްދެވޭތޯ ޔަގީންކޮށް ޚިދުމަތް ހޯދުމަށް އެދޭ ފަރާތްތަކަށް އެކަން އެންގުން.
- ހިދުމަތް ހޯދުމަށް އަންނަ ފަރާތްތަކުގެ ސުވާލުތަކަށް ޖަވާބުދާރީވުން.
- މީގެ އިތުރުން ޑިޕާޓްމަންޓްގެ އެހެނިހެން ކަންކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
އެހެނިހެން ހުނަރު:
- މައިކްރޯސޮފްޓް އެޕްލިކޭޝަންސްތައް ބޭނުންކުރަން އެނގުން.
- އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.
މުސާރައާއި އިނާޔަތް :
- -/18،450 ރުފިޔާ
- ޚާޒިރީ އެލަވަންސް: މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/200 ރުފިޔާ
- ހަމަޖެހިފައިވާ އުސޫލުން ހެލްތް އިންޝުއަރެންސް
ކުރިމަތިލުމުގެ ސުންގަޑި: 16 މެއި 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން
މިމަޤާމަށް ޝަރުތުހަމަވާ ފަރާތްތަކުން އާސަންދަ ކުންފުނީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.
- ޖޮބް އެޕްލިކޭޝަން ޕޯޓަލް ލިންކް: https://my.aasandha.mv/jobs/apply
ހުށަހަޅަންޖެހޭ ތަކެތި:
- ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ތަޢުލީމީ ސެޓްފިކްޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޮޕީއެކެވެ.)
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން)
ޚާއްޞަ ސަމާލުކަމަށް:
- ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު އާސަންދަ އޮފީހަށް ލިބިގެންވެއެވެ.
- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
09 މޭ 2024