ބީލަން
ނަންބަރު: (IUL)307/INDIV/2024/46
ޕަބްލިޝްކުރި ތާރީޚް: 09 މޭ 2024
ޕަބްލިޝްކުރި ގަޑި: 23:56
ސުންގަޑި: 27 މޭ 2024 13:00
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް މި ކައުންސިލަށް 2 ޓަނުގެ ޑަމްޕް ޓްރަކް/ޕިކަޕެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މިކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް މި ކައުންސިލަށް 2 ޓަނުގެ ޑަމްޕް ޓްރަކް/ޕިކަޕެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.

1. މި ބީލަމުގައި ބައިވެރިވެވޭނީ ވި ބީލަމާއި ގުޅިގެން މި އިދާރާއިން ކޮށްފައިވާ މިއިޢުލާނާއި އެއްގޮތަށް ނަންނޯޓްކޮށް ބީލަމުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

2. މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް، 2024 މެއި 22 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާގެ އީމެއިލް، [email protected] ނުވަތަ މި އިދާރާގެ ވައިބަރ ނަންބަރު 7380052 މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ނަންނޯޓް ކުރާ ފަރާތްތަކަށް މި ބީލަމުގައި ބައިވެރިނުވެވޭނެއެވެ.

3. މި ބީލަމާއި ގުޅިގެން ޕްރީބިޑް މީޓިންގ އެއް ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ.

4. މި ބީލަމާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ ތިރީގައި މިވާ ނަންބަރު ތަކާއި ގުޅުއްވުން އެދެމެވެ. ނުވަތަ ލިޔުމުން މި އިދާރާއަށް ފޮނުވުން އެދެމެވެ.

  • 6580052 – ކައުންސިލް އިދާރާގެ ރަސްމީ ފޯން ނަންބަރު.
  • 7965507 – އަޙްމަދު ރުޒާނު (ކައުންސިލްގެ ނައިބުރައީސް).
  • އީމެއިލް: [email protected]

5. މި ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ: 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނުނު (ޤާނޫނު ނަމްބަރ 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

6. މި ބީލަމާއި ގުޅިގެން މާލިއްޔަތު ޤަވައިދުގެ ނަންބަރު 10.43 ގައިވާ ގޮތުގެ މަތިން ބީލަން ހުށައަޅާ ފަރާތުން ބިޑް ސެކިއުރިޓީ އަދި ޕާފޯމަންސް ގެރެންޓީ ހުށައަޅަންވާނެއެވެ. ބިޑް ސެކިއުރިޓީ އަދި ޕާފޮމަންސް ގެރެންޓީ ހުށައަޅާނީ 500,000.00 (ފަސްލައްކަ ރުފިޔާ) އަށްވުރެ މަތީގެ ބީލަންތަކަށެވެ.

7. މި ބީލަމުގައި ބައިވެރިވުމަށް އެދި މި ބީލަމުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން މިއިއުލާނާއި އެޓޭޗްކުރެވިފައިވާ ބީލަންފޮތާއި އެއްގޮތަށް ބީލަން/ބިޑް ތައްޔާރުކުރެއްވުމަށްފަހު މި ކައުންސިލަށް ހުށައެޅުއްވުން އެދެމެވެ.

8. މި ބީލަމާއި ގުޅިގެން ބީލަން ހުށައެޅުމަށް ހަމަޖެހިފައިވަނީ 2024 މެއި 27 ވާ ހޯމަ ދުވަހުގެ 13:00 ގައި މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލް އިދާރާގެ މީޓިން ރޫމްގައެވެ. 2024 މެއި 27 ވާ ހޯމަ ދުވަހުގެ 13:00 ގެ ފަހުން ބީލަން ހުށައެޅުމަށް ވަޑައިގަންނަވާ އެއްވެސް ފަރާތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ނުދެވޭނެއެވެ.

 

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09 މޭ 2024