ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)94-A/94/2015/12
ޕަބްލިޝްކުރި ތާރީޚް: 29 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 18:09
ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
ބިދޭސީންގެ އެމްޕްލޯއިމަންޓް އެޕްރޫވަލް އަދި ވާރކް ވިސާގެ ކަންތައްތައްތަކާ ބެހޭ

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ މަޢުލޫމާތު ބެލެއްޓުމަށް މި ޑިޕާޓްމަންޓުން ކުރިން ބޭނުންކުރި "ލޭބަރ ޑޭޓާ ބޭސް" މެދުވެރިކޮށް ލިބިފައިވާ ކޯޓާއަށް ބިދޭސީން ގެނައުމަށް ވާރކް ޕާރމިޓް ހައްދާފައިވާ ފަރާތްތަކުން، އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ޚިދުމަތް ހޯއްދަވާ ފަރާތެއްގެ ގޮތުގައި ރަޖިސްޓަރީކުރައްވައި، އެ ސިސްޓަމް މެދުވެރިކޮށް އަލުން ކޯޓާ ހޯއްދެވުމަށްފަހު، ވާރކް ޕާރމިޓްތައް ރީ –އިޝޫކުރުމަށް ދެވޭ އެންމެފަހު ތާރީޚަކީ 30 ޖޫން 2015 ކަމުގައި ހަމަޖައްސައިފީމެވެ.

އަދި ދަންނަވަމެވެ. މިކަން މިގޮތަށް ހަމަޖެއްސުމުން 30 ޖޫން 2015 ގެ ކުރިން އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ވާރކް ޕާރމިޓް ރީ-އިޝޫ ކޮށްފައިނުވާ އެއްވެސް ބިދޭސީއެއްގެ ވަޒީފާ ދޭ ފަރާތް، މަގާމު ނުވަތަ ވާރކް ސައިޓް ބަދަލުނުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މަތީގައި ބަޔާންކުރެވިފައިވާ ގޮތަށް މިފަދަ ބިދޭސީންގެ އެމްޕްލޯއިމަންޓް އެޕްރޫވަލް އަދި ވާރކް ވިސާގެ ކަންތައްތައް 30 ޖޫން 2015 ގެ ކުރިން ހަމަނުޖައްސައިފިނަމަ، އެފަދަ ފަރާތްތަކާ މެދު ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެކަން ވާހަކަ ވެސް ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

10 ރަޖަބު 1436     

29 އޭޕްރިލް 2015