ދެންނެވުން
ނަންބަރު: 220-TP/CIR/2015/5
ޕަބްލިޝްކުރި ތާރީޚް: 29 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 18:01
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓް
ސަރކިއުލަރ
ނަންބަރު: 220TP/CIR/2015/5
ތާރީޚު: 29 އެޕްރީލް 2015
ލިބެންވީ: ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތައް
މައުޟޫއު: އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓް
5 ފެބުރުވަރީ 2015 ގައި ނެރެފައިވާ ޓެކްސް ރޫލިންގ ނަންބަރު TR-2015/G23 އާ ހަވާލާދީ ދަންނަވަމެވެ.
ހަވާލާދީފައިވާ ރޫލިންގގެ އެނެކްސް 2 ގައިވާ އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓްގެ ފޯމެޓް މި ސަރކިއުލަރގެ އެނެކްސް 1 ގައިވާ ފޯމެޓަށް ބަދަލުކޮށްފީމެވެ.
އަދި އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓް ފުރިހަމަކުރުމުގައި އަންނަނިވި ކަންކަމަށް ސަމާލުވުމަށް އިލްތިމާސްކުރަމެވެ.
- ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް ޓެކްސް ނެގޭ މުއްދަތުގެ ތެރޭގައި ދޫކޮށްފައިވާ ހުރިހާ ޓެކްސް އިންވޮއިސްތަކެއް ތާވަލުގައި ހިމަނަންވާނެއެވެ. ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިނުވާ ފަރާތްތަކަށް ދޫކޮށްފައިވާ އިންވޮއިސްތައް ތާވަލުގައި ހިމަނައިގެން ނުވާނެއެވެ.
- ވަކި ޓެކްސް ނެގޭ ހަރަކާތަކަށް ނިސްބަތްވާ، އެނެކްސް 1 ގައިވާ ތާވަލުގެ "ޖީ.އެސް.ޓީ" ކޮލަމްގެ ޖުމުލަ އަދަދު، ޖީ.އެސް.ޓީ ބަޔާނުގެ 2 ވަނަ ޞަފުޙާގައިވާ "އައުޓްޕުޓް ޓެކްސް" ކޮލަމްގައިވާ އަދަދާ ތަފާތުނަމަ، މި ދެ އަދަދުގެ ފަރަގުގެ ތަފުސީލު ހުށަހަޅަންވާނެއެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ، މި އޮތޯރިޓީގެ ހޮޓްލައިން 1415 އަށް ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
11 ރަޖަބު 1436
29 އޭޕްރިލް 2015