ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)298/298/2024/38
ޕަބްލިޝްކުރި ތާރީޚް: 09 މޭ 2024
ޕަބްލިޝްކުރި ގަޑި: 13:58
ސުންގަޑި:
16 މޭ 2024 14:00
މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
1445ވަނަ އަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ފޮނުވާފައިވާ ހަނޑޫ އަދި ފުށް ރައްޔިތުންނަށް ބެހުމާ ގުޅޭ
އިޢުލާން
1445ވަނަ އަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ފޮނުވާފައިވާ ހަނޑޫ އަދި ފުށް ރައްޔިތުންނަށް ބެހުމާ ގުޅޭ
ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ބެހުމަށް ފޮނުވާފައިވާ 10 ކިލޯ ބަސްތާ ބާސްމަތީ ހަނޑޫ އަދި 10 ކިލޯ ބަސްތާ ގޮދަންފުށް ގޭބިސީތަކަށް ދޫކުރުމުގެ މަސައްކަތް 2024 މާރިޗު 23 ން ފެށިގެން 2024 މާރިޗު 28 ށް ކުރިއަށް ގެންގޮސްފައިވީނަމަވެސް، ބައެއް ގޭބިސީތަކުން ރޯދަ ހަދިޔާ ގެންގޮސްފައިނުވާތީ، އެފަރާތްތަކަން ކާޑު ދޫކުރުމަށް 2024 މެއި 12ން ފެށިގެން 2024 މެއި 16 ގެ ނިޔަލަށް ރަސްމީ ގަޑީގައި ކައުންސިލް އިދާރާއިން (14:00-8:30) ކާޑު ދޫކުރުމަށް ހަމަޖެހިފައިވެއެވެ.
ވީމާ، މިހާތަނަށް ކާޑު ނުގެންދަވާ ގޭބިސީތަކުން ކާޑު ގެންދިއުމަށް އިލްތިމާސް ކުރަމެވެ.
09 މޭ 2024