ދިވެހިރާއްޖެ
މި އިޢުލާންވަނީ 13 މޭ 2024 12:23 ގައި ބާތިލް ކުރެވިފައެވެ.
1.ޕްރޮޖެކްޓާ ބެހޭ މަޢުލޫމާތު
މި ކުންފުނިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް ޕޯސްޓް އޮފީހަށް އަންނަ ޕާރުސަލް ސްކޭން ކުރާނެ ސްކޭން މެޝިނެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ކޮށްފައިވާ ނަންބަރު: PRC-MPL/IULAAN/2023/78 (30 ނޮވެންބަރު 2023) އިޢުލާނާއި ގުޅިގެން ލިބިފައިވާ ޕްރޮޕޯސަލްތަކުގައި އެކަށީގެންވާވަރަށްވުރެ ބޮޑެތި އަގުތަކެއް ހުށަހަޅާފައިވާކަމަށް ފާހަގަކުރެވިފައިވާތީ މިދެންނެވި އިޢުލާން ބާޠިލްކޮށް، ތިރީގައިވާ ގޮތުގެމަތިން އަލުން ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަޢުޤުވެރިވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މިކަމާ ގުޅޭ ޓާރމްސް އޮފް ރިފަރަންސް "ޓީ.އޯ.އާރް" މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައި އެވަނީއެވެ.
އަދި މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އެހެނިހެން މައުލޫމާތު "ޓީ. އޯ. އާރް" ގައި ބަޔާންކުރެވިފައިވާނެއެވެ.
މިޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ.
3009292 – ޕްރޮކިއުމަންޓް
އީމެއިލް: [email protected]
2. ބިޑް ޕްރޮޕޯރސަލް ހުށަހެޅުން:
ތާރީޚް: 20 މެއި 2024
ގަޑި:. 14:00
އެޑްރެސް/ތަން: މޯލްޑިވްސް ޕޯސްޓް ލިމިޓެޑް 8ވަނަ ފަންގިފިލާ
09 މެއި 2024