ދިވެހިރާއްޖެ
މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށް ބޭނުންވެއެވެ.
އެސިސްޓެންޓް ޑިރެކްޓަރ |
މަޤާމު |
(1) އެކެއް |
ބޭނުންވާ އަދަދު |
ޔޫޓިލިޓީސް ސާރވިސަސް ޑިވިޜަން |
ޑިޕާޓްމަންޓް |
ހެޑް އޮފީސް/ ކ.މާލެ |
މަސައްކަތް ކުރަންޖެހޭ ތަން |
-/8،000 ރުފިޔާ (އަށްހާސް ރުފިޔާ) |
މުސާރައާއި އިނާޔަތްތައް |
މުސާރައިގެ %40 |
ސަރވިސް އެލަވަންސް |
މުސާރައިގެ %20 |
ހާޒިރީ އެލަވަންސް |
މުސާރައިގެ %40 (ހަމަޖެހިފައިވާ އުސޫލުން) |
އިތުރުގަޑީގެ އެލަވަންސް |
(ހ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތު ކޮށްދިނުމާއެކު، އެންވަޔަރަމެންޓް މެނޭޖްމެންޓް ނުވަތަ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 (ހަތެއް) ގެ ސަނަދެއް ހާސިލުކޮށްފައިވުން (ށ) މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި މަދުވެގެން 1 (އެކެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން (ނ) އުމުރާއި ޞިއްޙަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން |
ފެންވަރު ނުވަތަ ޝަރުޠު |
ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ރަސްމީ ދުވަސްތަކުގެ 9:00 – 16:00 އަށް ލިބެން ހުންނާނެއެވެ. އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުޠު ހަމަވާ ފަރާތެއް ނެތްނަމަ މި ކުންފުނިން ބަލާ މިންގަނޑުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 މޭ 2015 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް އެޕްލިކޭޝަން ފޯމާއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ, އެޓެސްޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް އަދި 3 މަސްދުވަސް ހަމަވެފައިނުވާ ޕޮލިސް ރިޕޯޓު ހުށަހެޅުއްވުން އެދެމެވެ.
ނޯޓް:
- އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓް ލިސްޓް ކުރެވޭފަރާތްތަކާއެވެ.
- މިމަޤާމުތަކަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކަށާއި، މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،
ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ
ހިލާލީމަގު/ މާލެ، 20307
ދިވެހިރާއްޖެ
ގުޅޭނެ ނަންބަރު: 3007555
ފެކްސް ނަންބަރު: 3327555
ވެބްސައިޓް: www.fenaka.com.mv
އީމެއިލް: [email protected]
15 ރަޖަބު 1436