ބީލަން
ނަންބަރު: (IUL)GS-152-B/INDV/2024/13
ޕަބްލިޝްކުރި ތާރީޚް: 09 މޭ 2024
ޕަބްލިޝްކުރި ގަޑި: 11:54
ސުންގަޑި: 19 މޭ 2024 13:59
މަތިވެރި ސްކޫލް
ދިވެހިރާއްޖެ
މަތިވެރީ ސްކޫލްގެ ސްޓާފް 2 ފާހާނާ އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

`

 

 

 މަތިވެރި ސްކޫލް

އއ.މަތިވެރި / ދިވެހިރާއްޖެ

އިޢުލާނު

ނަންބަރު: (IUL)GS-152-B/INDV/2024/13

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ސްޓާފް 2 ފާހާނާ އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ:

މި އިޢުލާނާ ގުޅިގެން ކުރިން ކުރެވުނު (IUL)GS-152-B/INDV/2024/05  ބާތިލް ކުރިވިފައިވާ ވާހަކަ ދަންނަވަން

މިސްކޫލުންދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް ސްޓާފް 2 ފާހާނާ އިމާރާތްކުރުމުގެ މަސައްކަތް ކޮށްދިނުމަށް ސައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. އަދި މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

ބީލަމަށް ރަޖިސްޓްރީކުރުން

  • މި މަސައްކަތަށް ޝަޢުޤުވެރިވާ ފަރާތްތަކުން 19 މޭ 2024 ވާ އާދީއްތަ ދުވަހުގެ ކުރިން ނަން ނޯޓް ކުރެއްވުން އެދެމެވެ. ނަން ނޯޓް ކުރެއްވުމަށް ގުޅުއްވާނީ 6660816 ނަންބަރާއެވެ. މެއިލް ކުރައްވާ ނަމަ، [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
  • މި ބީލަމުގައި ބައިވެރިވެ ވަޑައިގެންނެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
  • މި ޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

  • މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 19 މޭ 2024 ވާ އާދީއްތަ ދުވަހުގެ 14:00 ކުރިން މި ސްކޫލްގެ [email protected] އީމެއިލަށެވެ.
  • މި މަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 20 މޭ 2024 ވާ ހޯމަ ދުވަހުގެ 13:00 ގައި މިސްކޫލުގެ އިދާރާގައި އޮންނާނެއެވެ. މި ބައްދަލުވުމުގައި މަސައްކަތާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.
  • މިމަސައްކަތާއި ގުޅޭގޮތުން ސާފުކުރަންޖެހޭ އެންމެހާ މަޢުލޫމާތެއް ސާފުކުރުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

ބީލަން ހުށައެޅުން

 

  • ބީލަން ބަލާގަތުމާއި ހުޅުވުން އޮންނާނީ 22 މޭ 2024 ވާ ބުދަ ދުވަހުގެ 13:00 ގައި މި ސްކޫލް އިދާރާގައެވެ.
  • ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.
  • ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 ބިޑެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

01 ޛުލްޤަޢިދާ 1445

                          09 މޭ 2024                               

         ޙަސަން ޙަމީދު އިބްރާހީމް

             ޕްރިންސިޕަލް

09 މޭ 2024