ދިވެހިރާއްޖެ
އެއަރކޯން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން
މިއިދާރާގެ ބޭނުމަށް 24000 ބީޓީއޫގެ 01 އެއަރކޯން ޔުނިޓް އިންވަރޓަރ ގަންނަން ބޭނުންވެގެން ކުރި މިއިދާރާގެ ނަންބަރު A/2015/33-ފ399 (13//4/2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.
ވީމާ، މިދެންނެވި ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަންބަރު 6800766 ފޯނަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި 11 މޭ 2015ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ހުށަހަޅާ އަންދާސީހިސާބުތައް [email protected] އީ-މެއިލް ކޮށްދެއްވުން އެދެމެވެ. ގަޑިޖެހިގެން ހުށަހަޅާ އަންދާސީހިސާބުތައް ބަލައެއްނުގަނެވޭނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
11 ރަޖަބު 1436