ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)374-A/374/2024/3
ޕަބްލިޝްކުރި ތާރީޚް: 08 މޭ 2024
ޕަބްލިޝްކުރި ގަޑި: 13:16
ސުންގަޑި: 09 ޖޫން 2024 14:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފާންތަރި މަދަޙަ މުބާރާތް 1445

މިކައުންސިލުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ "ފާންތަރި" މަދަޙަ މުބާރާތް މިއަހަރު އަޟުޙާ ޢީދުގައި ފ. ނިލަންދޫގެ "ފާންތަރި" މަދަޙަ މުބާރާތުގެ ނަމުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ނިލަންދޫގެ ރަށްވެހީންގެ ތެރެއިން 2024 ޖަނަވަރީ 01 ގެ ނިޔަލަށް މީލާދީގޮތުން 12 އަހަރު ފުރިފައިވާ ކޮންމެ ރަށްވެއްސަކަށް މިމުބާރާތުގައި ބައިވެރިވެވޭނެއެވެ. މިމުބާރާތް މިއަހަރު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 2 ޢުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ 20 އަހަރުން ދަށުގެ ޢުމުރުފުރާއާއި، 20 އަހަރުން މަތީގެ ޢުމުރުފުރާއެވެ. މިމުބާރާތުގައި ވަނަ ހޮވުމުގައި މި 2 ޢުމުރުފުރާއިން މުބާރާތުގެ 3،2،1 ވަނަ މަދަޙަކިޔުންތެރިޔާއާއި، ގުރޫޕް މަދަޙައިގެ ބައިން 1 ވަނަ ގުރޫޕް މަދަޙައާއި، ޅެންވެރިކަމުގެ ބައިން އެންމެ މޮޅު މަދަޙައިގެ އިތުރުން މުޅިމުބާރާތުން 1 ވަނަ ޓީމް ހޮވުމަށް ވަނީ ނިންމާފައެވެ.

ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން، 2024 ޖޫން 9 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން 14:00 އަށެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި ޤަވާއިދު މިއިދާރާގެ ކައުންޓަރުންނާއި، ވެބްސައިޓް (www.faafnilandhoo.gov.mv) އަދި ފޭސްބުކް ޕޭޖުން ލިބެން ހުންނާނެއެވެ.

08 މޭ 2024