ވަޒީފާގެ ފުރުޞަތު
ނަންބަރު: 188-PSM/IUL/2015/33
ޕަބްލިޝްކުރި ތާރީޚް: 04 މޭ 2015
ޕަބްލިޝްކުރި ގަޑި: 15:25
ސުންގަޑި: 14 މޭ 2015 14:00
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ

މަޤާމު:

ޑިރެކްޓަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން:

އީ.އެކްސް 1/ ޑިރެކްޓަރ

އޮފީސް/ އިދާރާ: 

ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ

ސެކްޝަން:  -

ވަޒީފާ އަދާކުރަން ޖެހޭ ތަނާއި ރަށް:

ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ / ޅ. ނައިފަރު

މުސާރަ:

8,835.00 ރުފިޔާ

ސަރވިސް އެލެވަންސް:

2000.00 ރުފިޔާ

ބޭނުންވާ ޢަދަދު:

1 (އެކެއް)

ގިންތި:

ދާއިމީ
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: 
  • ޒިންމާދާރު ވެރިޔާގެ ގޮތުގައި އިދާރާގެ އެންމެހައި ކަންތައްތައް ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އިސްވެ ބެލެހެއްޓުން.
  • ކައުންސިލްގެ އިދާރާގެ މަސައްކަތްކުރާ ސިވިސް ސަރވިސްގެ އެންމެ އިސް މުވައްޒަފުގެ ހައިސިއްޔަތުން އިދާރާގެ އެންމެހައި ކަންކަމާއި ގުޅޭގޮތުން ދިރާސާކޮށް ކައުންސިލަށް އަރުވަންޖެހޭ ލަފާއެރުވުން.
  • ކައުންސިލް އިދާރާގެ މެންޑޭޓާއި ސަރުކާރުގެ ސިޔާސަތުތަކަށް ރިއާޔަތްކޮށް އިދާރާގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނާއި ކައުންސިލްގެ އިދާރާއިން ހިންގުމަށް ރާވާ ޕްރޮޖެކްޓްތައް އެކުލަވައިލުން.
  • ކައުންސިލްގެ އިދާރާގެ އިންޓާނަލް ޕްރޮސީޖަރތަކާއި ޚިދުމަތް ދިނުމަށް އެކަށައަޅަންޖެހޭ ޕްރޮސީޖަރތަކާއި ގަވާއިދުތައް އެކުލަވައިލުން.
  • ކައުންސިލް އިދާރާގެ މުވައްޒަފުންނަށް ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުތަކާއި ޢަމަލުކުރަންޖެހޭ އެހެނިހެން އުސޫލުތައް އަންގައިދީ އެ ގަވާއިދުތަކާއި ކޯޑް އޮފް ކޮންޑަކްޓްއާއި އެއްގޮތަށް މަސައްކަތްތައް ރާވާ މުވައްޒަފުން ލައްވާ މަސައްކަތް ކުރުވުމާއި މުވައްޒަފުންގެ މަސައްކަތްތައް ސްޕަވައިޒްކުރުން.
  • ކައުންސިލްގެ އިދާރާގައި މަސައްކަތްކުރައްވާ މުވައްޒަފުން ތަމްރީނުކުރުމާއި މުވައްޒަފުންނާބެހޭ އެންމެހައި ކަންތައްތައް ހިންގާ ބެލެހެއްޓުން.
  • ކައުންސިލްގެ އިދާރާއަށް ބޭނުންވާ އެންމެހައި ވަޞީލަތްތައް ހޯދުމާއި އެ ތަކެތި ބެލެހެއްޓުން.
  • ދިވެހި ސިވިލް ސަރވިސްގެ ގާނޫނާއި ގަވާއިދު ތަންފީޒުކުރުން.
  • ދޭދޭ ފަރާތުގެ ދެބަސްވުންތަކުގައި ދިމާވާ މައްސަލަތައް ސުލްހަކުރުމަށް ގާނޫނީ ކޮންސަލްޓެންސީ ދިނުން.
  • ކައުންސިލްގެ އިދާރާއަށް އާއްމުންގެ ފަރާތުން ހުށަހެޅޭ ޝަކުވާތައް ކަމާބެހޭ ފަރާތްތަކަށް ފޮނުވައިގެން އެކަމަށް ހައްލު ހޯދުމަށް މަސައްކަތްކުރުން.
  • އިތުރުގަޑީގައި މަސައްކަތް ކުރުމުގެ ހުއްދަ ދިނުމާއި މުވައްޒަފުން އަމިއްލަ ބޭނުމުގައި ބޭރަށް ދިއުމުގެ ހުއްދަ ދިނުމާއި ހުސްވަގުތު ކޮޅު ބޭރަށް ދިއުމުގައި ކަންތައްތައް ހަމަޖެހިފައި އޮންނަ އުޞޫލާ އެއްގޮތަށް ކުރުން.
  • މުވައްޒަފުންގެ ޗުއްޓީއާއި މުވައްޒަފުންގެ ރެކޯޑް ފައިލާއި މުވައްޒަފުންނާ ބެހޭ އެންމެހައި ރެކޯޑްތައް ބެލެހެއްޓުން.
  • މުވައްޒަފުންގެ ޗުއްޓީގެ ކަންތައްތައް ހަމަޖެއްސުމާއި ޗުއްޓީދޭ މުވައްޒަފުންގެ ބަދަލު އިންތިޒާމް ހަމަޖެއްސުން.
  • މުވައްޒަފުންގެ ޚިދުމަތުގެ ފެންވަރުބެލުމުގެ ނިޒާމު ހިންގައި ބެލެހެއްޓުމާއި މުވައްޒަފުންނަށް ކުރިއެރުން ދިނުމާއި ބެހޭގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.
  • ކައުންސިލްގެ ޖަލްސާތައް އިންތިޒާމްކުރުމާއި ކައުންސިލުން ނިންމާ ކަންތައްތައް ތަންފީޒުކުރުމަށް ޔުނިޓްތަކާއި ހަވާލުކުރުމާއި ކައުންސިލުން ނިންމާކަންތައްތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުން.
  • އިދާރާއަށާއި އިދާރާގެ ބެލުމުގެ ދަށުގައިވާ ތަންތަނަށް ބޭނުންވާ ތަކެތި ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • އިދާރާއާއި އިދާރާގެ ބެލުމުގެ ދަށުގައިވާ ތަންތަނާއި ތަކެތީގެ އިންވެންޓްރީ ބެލެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުން.
  • އިދާރާއިން އިންތިޒާމުކޮށްގެން ކުރަންޖެހޭ ދަތުރުތައްކުރުމުގެ އިންތިޒާމު ހަމަޖެއްސުން.
  • ސަރުކާރުގެ އިދާރާތަކަށް ފޮނުވަންޖެހޭ ރިޕޯޓުތައް ތައްޔާރުކޮށް ފޮނުވަންޖެހޭ މުއްދަތަށް ފޮނުވުމުގެ މަސައްކަތް ކުރުމާއި އިދާރާގެ ޔައުމިއްޔާ ގަވާއިދުން ލިޔެ ބެލެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސުން.
  • އިދާރާގެ ބެލުމުގެ ދަށުގައި ހުންނަ ފަޅުރަށްރަށާއި ބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުން.
  • ނީލަމުގައި ވިއްކާލަންޖެހޭ ތަކެތި ނީލަންކިއުމާ ބެހޭ އެންމެހައި ކަންތައްތައް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.
  • ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނާއި ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން އިދާރާގެ އެންމެހައި މަސައްކަތްތައް ކުރުން.
  • ޕަރމަނަންޓް ސެކްރެޓަރީންނާއި، ޒިންމާދާރު އިސްވެރިން އަދި ޒިންމާދާރު ވެރިން ޢަމަލުކުރަންޖެހޭ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތަށް ޒިންމާދާރު ވެރިންގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކޮށް އަދި ޒިންމާދާރު ވެރިން އޮފީހުގައި އަދާކުރަންޖެހޭ މަސައްކަތްތައް ކުރުން.
މަޤާމުގެ ޝަރުޠުތައް: 
  • ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 
  • ލިބިފައިވާ ތައުލީމާއި ތަމްރީނު (%30)
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (% 10)
  • ލިބިފައިވާ ހުނަރު
  1. އިންޓަރވިއު އަދި ޕްރެޒެންޓޭޝަން (%30)
  2. އިމްތިހާނު (%30)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2015 މޭ 14 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 14:00 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް އަދި ފެކްސް މެދުވެރިކޮށް  ބަލައިގަނެވޭނެ އެވެ. (އީމެއިލް:[email protected]/ ފެކްސް ނަންބަރު: 3303648)

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

  • ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑު ކުރެވޭނެއެވެ.)
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (އެޕްލިކޭޝަން ފޯމާއެކުވާ).
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

(ށ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައް (އެކްރެޑިޓްކޮށްފައި ނުވި ނަމަވެސް)

  • ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (2015 މޭ 1 ވަނަ ދުވަހުގެ ފަހުގެ ތާރީޚެއްގައި ހޯދާފައިވާ ލިޔުމެއް ކަމުގައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)
އިންޓަރވިއު،އިމްތިހާނު އަދި ޕްރެޒެންޓޭޝަން އޮއްނާނެ ތަނާއި، މުއްދަތު:  މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިހާނު، އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ 2015  މޭ 24 އާ 2015 ޖޫން 15 އާ ދެމެދު ސިވިލް ސަރވިސް ކޮމިޝަން (ވެލާނާގެ 12 ވަނަ ފަންގިފިލާ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި ޕްރެޒެންޓޭޝަން ހުށަހެޅުމަށާއި އިންޓަރވިއުއަށް އަދި އިމްތިހާނަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ. 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ، ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 5 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. 
ވަޒީފާއަށް ހޮވޭ ފަރާތަށް ސެލްކްޝަން ޕްރޮސެސްއިން މަދުވެގެން ލިބެންޖެހޭނެ މާކްސް:
  • ޖުމުލަ އިންސައްތަ %35
  • އިމްތިހާނުން މަދުވެގެން ލިބެންޖެހޭ އިންސައްތަ: ކޮންމެ ކަރުދާހަކުން %33

(33% ކޮންމެ ކަރުދާހަކުން ނުލިބޭ ފަރާތްތަކާ އިންޓަރވިއު ނުކުރެވޭނެއެވެ.)

އުޖޫރައާއި އިނާޔަތްތައް:

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  • ދިވަހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

ނޯޓް:

  • އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ނޫން ދާއިރާތަކުން އަތޮޅު ނުވަތަ ރަށު ކައުންސިލްގެ އިދާރާގެ ސިވިލް ސަރވިސްގެ އިސް މަޤާމުތަކަށް ޝަރުޠު ހަމަވެގެން ނަގާ ފަރާތްތައް 6 މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ މެނޭޖްމަންޓް ކޮމްޕީޓެންސީ ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރަން ޖެހޭނެއެވެ.
  • އިމްތިޙާނުގެ ގޮތުގައި ދެވޭ ކޮންމެ ކަރުދާހަކުން %33 ނުލިބެ ފަރާތްތަކާ އިންޓަރވިއު ނުކުރެވޭނެއެވެ.
  • "މަޤާމަށް އެދޭ މީހުން ސްކްރީން ކުރުމާއި، ޝޯޓްލިސްޓް ކުރުމާއި، ހޮވުމާއި އައްޔަން ކުރުމުގެ ކްރައިޓީރިއާ" ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގައި އާންމުކުރެވިފައިވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307336 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.

15 ރަޖަބު 1436

04 މޭ 2015