ބީލަން
ނަންބަރު: (IUL)237-PR/237/2024/14
ޕަބްލިޝްކުރި ތާރީޚް: 08 މޭ 2024
ޕަބްލިޝްކުރި ގަޑި: 11:11
ސުންގަޑި:
28 މޭ 2024 13:00
ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފ. އަތޮޅު ސްޓޭޓް ހައުސް ކޮޓަރި ތަކުގެ ފާޚާނާތައް މަރާމާތު ކުރުމާގުޅޭ
މި އިޢުލާންވަނީ 20 މޭ 2024 14:09 ގައި ބާތިލް ކުރެވިފައެވެ.
އިޢުލާނު
ފ. އަތޮޅު ސްޓޭޓްހައުސްގެ 08 ކޮޓަރީގެ ފާޚާނާގައި ކުރަންޖެހޭ މަސައްކަތްތަކާއި ފާޚާނާތަކުގައި މިހާރުހުރި ބައެއް ތަކެތި ބަދަލު ކުރުމަށް ބޭނުންވާތީ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- މި ބީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 2024 މޭ 16 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިއިދާރާގައި ރަޖިސްޓްރީވާން ޖެހޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް، މި ބީލަމުގެ މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތު މިއިދާރާގެ ޕްރޮކިއުމެންޓް އީ މެއިލަށް ([email protected] ) ފޮނުއްވުން އެދެމެވެ. މި ބީލަމުގައި ބައިވެރިވެވޭނީ ބީލަން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
- ބީލަން ބަލައިގަތުމާއި ހުޅުވުން އޮންނާނީ 2024 މޭ 28 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިއިދާރާގައެވެ. ބީލަން ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "ފ. އަތޮޅު ސްޓޭޓްހައުސް ކޮޓަރިތަކުގެ ފާޚާނާތައް މަރާމާތު ކުރުމާގުޅޭ" މިހެން ލިޔެފައި އޮންނަންވާނެއެވެ.
- ހުށަހަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލާމާއިއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތަފްޞީލާއި، ބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކުގެ އިތުރުން މިބީލަމާގުޅޭ މަޢުލޫމާތުތައް މި އިޢުލާނާއެކުގައިވާ މަޢުލޫމާތު ކަރުދާހުގައި ހިމަނާފައި ވާނެއެވެ. މަޢުލޫމާތު ކަރުދާސް މިއިދާރާގެ ވެބްސައިޓުންވެސް (www.faafu.gov.mv) ޑައުންލޯޑް ކުރެވޭނެއެވެ.
- މި ބީލަމާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ 6740017 އަށް ގުޅުއްވުން އެދެމެވެ.
29 ޝައްވާލް 1445
08 މޭ 2024
08 މޭ 2024