ކުއްޔަށް ހިފުން
ނަންބަރު: (IUL)233-CA/233/2024/4
ޕަބްލިޝްކުރި ތާރީޚް: 08 މޭ 2024
ޕަބްލިޝްކުރި ގަޑި: 11:07
ސުންގަޑި:
14 މޭ 2024 13:00
އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ތަމްރީނުގެ ބައިވެރިންގެ އެކޮމަޑޭޝަން ހަމަޖެއްސުމަށް ދުވަހުކުއްޔަށް ކޮޓަރި ހޯދުން
- ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓާއި މި ކައުންސިލު ގުޅިގެން، 2024 މެއި 23 ން 26 އަށް ރަސްދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ތަމްރީނު ޕްރޮގްރާމުގެ ބައިވެރިންގެ އެކޮމަޑޭޝަން ހަމަޖެއްސުމަށް ދުވަހު ކުއްޔަށް ކޮޓަރި ދޫކުރާނެ ފަރާތެއް ބޭނުންވެއްޖެ އެވެ. މިކަމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ދައުވަތު، ޝަރުޠުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓްރީކޮށްފައިވާ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ.
- މަސައްކަތުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ، 2024 މެއި 12، އާދީއްތަ ދުވަހުގެ 11:30ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މިކަމާ ގުޅިގެން ދޫކުރެވޭ އެންމެހައި މަޢުލޫމާތު ހޯއްދެވުމަކީ، މަސައްކަތަށް ކުރިމަތިލައްވާ ފަރާތުގެ ޒިންމާއެކެވެ.
5. އަންދާސީ ހިސާބު ހުށަހެޅުމުގެ އެންމެފަހު ތާރީޚަކީ، 2024 މެއި 14، އަންގާރަ ދުވަހުގެ 13:30 އެވެ. މި ތާރީޚުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ އެވެ.
6. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ، 2024 މެއި 14، އަންގާރަ ދުވަހުގެ، 13:45 ގައި، މި އިދާރާގެ ޖަލްސާކުރާ މާލަމުގަ އެވެ.
7. ހުށަހަޅާ އަންދާސީ ހިސާބުތައް އިވެލުއޭޓް ކުރެވޭނޭ ގޮތުގެ ތަފްޞީލު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެ އެވެ.
08 މޭ 2024