ކުއްޔަށް ހިފުން
ނަންބަރު: 60-ADM/2024/134
ޕަބްލިޝްކުރި ތާރީޚް: 08 މޭ 2024
ޕަބްލިޝްކުރި ގަޑި: 10:33
ސުންގަޑި: 16 މޭ 2024 12:00
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ސާރވިސް ސެންޓަރ ހިންގުމަށް އިމާރާތެއް ކުއްޔަށް ހިފުން

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ އިން ސާރވިސް ސެންޓަރގެ ޚިދުމަތް ދިނުމަށް އިމާރާތެއް ކުއްޔަށް ހިފަން ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތަފްޞީލު ހިމެނޭގޮތަށް ޕްރަޕޯސަލް އަދި އިމާރާތުގެ ފޮޓޯތައް ހުށައެޅުއްވުން އެދެމެވެ.

ޝަރުޠު:

  • ކުނި އުކާލުމުގެ އިންތިޒާމް ހަމަޖެހިފައިވުން.
  • ފާޚާނާ ހުރުން.
  • އިމާރާތުގައި އޭސީ ހަރުކުރެވިފައި ހުރުން
  • ކުޑަވެގެން 5687 އަކަފޫޓުގެ އިމާރާތެއް ކަމުގައިވުން
  • ކުލި ދެފަރާތުން އެއްބަސްވާ އަގަކަށް އެއްބަސްވެވޭނެ ތަނެއް ކަމުގައިވުން.

 

މީގެ އިތުރުން، އެދެވިގެންވާ ކަންތައްތައް:

  • މާފަންނު/ މާލެ، މަޖީދީމަގުން އިމާރާތަށް ވަދެ ނުކުމެވޭ ގޮތަށް ހުރުން.
  • ގްރައުންޑް ފްޅޯ ގައި ހުރުން
  • ނެއިބަރހުޑް: މާފަންނު/ މާލެ

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 16 މެއި 2024 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން އަގު ކަރުދާސް އަދި، ތަނުގެ ފޮޓޯ [email protected]   އަށް ހުށަހެޅުއްވުން އެދެމެވެ.

ހުށަހެޅޭ އަގުތަކާއި، ފޮޓޯތަކަށް ބެލުމަށް ފަހު އެސްޓީއޯ އިން ޚިޔާރު ކުރާފަރާތަކާއިއެކު އެއްބަސްވުމެއްގެ ދަށުން ތަން ކުއްޔަށް ހިފުމުގެ އެންމެހާ ކަންތައްތަކަށް ޢަމަލު ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ނަންބަރ: 3012615  ފޯނަށް ގުޅުއްވުން އެދެމެވެ.

       

08 މޭ 2024