ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)426-CB/426/2024/172
ޕަބްލިޝްކުރި ތާރީޚް: 08 މޭ 2024
ޕަބްލިޝްކުރި ގަޑި: 09:20
ސުންގަޑި: 15 މޭ 2024 13:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - ކޮންސަލްޓަންޓް (ހެރިޓޭޖް އެންޑް މިއުޒިއަމް މެނޭޖްމަންޓް)

ވަޒީފާގެ ފުރުސަތު

މަޤާމް:

ކޮންސަލްޓަންޓް (ހެރިޓޭޖް އެންޑް މިއުޒިއަމް މެނޭޖްމަންޓް)

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމު ނަންބަރު:

SAC005

މަޤާމުގެ ގިންތި އާއި މުއްދަތު:

2 އަހަރު (ވަގުތީ)

ވަޒީފާ އަދާކުރަންޖެހޭ ތަން:

އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މުސާރަ:

15،000.00 ރުފިޔާ

ސަރވިސް އެލަވަންސް:

5،000.00 ރުފިޔާ

އެލަވަންސް:

  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • މިނިމަމް ވޭޖްގެ ގޮތުގައި އެ ރޭންކަކަށް ދިނުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ މަދުން ލިބޭނަމަ، އެ އަދަދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް ހަމަޖައްސައިދެވޭނެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  2. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  3. އައްޑޫސިޓީގައި ގާއިމްކުރެވޭ ހެރިޓޭޖް އެންޑް މިއުޒިއަމް ޔުނިޓްގެ މަސައްކަތް ހިންގާ ބެލެހެއްޓުން.
  4. މިއުޒިއަމަށާއި އާރޓް ގެލެރީއަށް ޒިޔާރަތްކުރާ ފަރާތްތަކުން ތަނުގައި ބެހެއްޓިފައިވާ ތަކެއްޗާގުޅޭ މަޢުލޫމާތު ބޭނުންވެއްޖެ ހިނދެއްގައި އެ މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖެއްސުން.
  5. އައްޑޫސިޓީގެ ޘަޤާފަތާއި ތާރީޚު އަންގައިދޭ ފަދަ ތަކެތި ހޯދާ މިއުޒިއަމް އަދި އާރޓް ގެލެރީގައި ބެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސުން.
  6. އައްޑޫގެ ޘަޤާފަތް ދިރުވުމުގެ ގޮތުން، ޤައުމީ އިދާރާތަކުން ބާއްވާ ފޯރަމްތަކާއި އިވެންޓްތަކުގައި ބައިވެރިވުމާއި އެފަދަ އިވެންޓްތަކުގެ މަޢުލޫމާތު ސޯޝަލް އެފެއާޒް ޔުނިޓް އަދި ކައުންސިލާ ހިއްސާކުރުން.
  7. މިއުޒިއަމް އަދި އާރޓް ގެލެރީއަށް ލިބޭ ފައިސާ، މާލިއްޔަތު ގަވާއިދާ އެއްގޮތަށް ބަލަހައްޓާ، ޚަރަދު ރިޕޯޓްތަކުގައި ތަފްސީލް އަދި ތަނަށް ލިބޭ ފައިސާގެ ތަފްސީލް ބަޖެޓް އެންޑް ފައިނޭންސް ޔުނިޓަށް ފޮނުވުމުގެ އިންތިޒާމު ހަމަޖެއްސުން. 
  8. މިއުޒިއަމް އަދި އާރޓް ގެލެރީގެ މެއިންޓަނަންސް މަސައްކަތް ކައުންސިލްގެ  މަޝްވަރާއާއެކު ހިންގުން.
  9. މިއުޒިއަމް އަދި އާރޓް ގެލެރީގައި މަސައްކަތްކުރާ މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުން.
  10. މިއުޒިއަމް އަދި އާރޓް ގެލެރީގައި ބެހެއްޓިފައިވާ ތަކެތި އަދި އިމާރާތުގެ ސެކިއުރިޓީ ރަނގަޅުގޮތުގައި ބެލެހެއްޓުމުގެ އިންތިޒާމުތައް ހަމަޖެއްސުން.
  11. އައްޑޫގެ ޘަޤާފަތާއި ތަރިކައާބެހޭ މަޢުލޫމާތު ޕްރޮމޯޓްކުރުން.
  12. މިއުޒިއަމް އަދި އާރޓް ގެލެރީއަށް ބޭނުންވާ ފަންޑް ހޯދުމުގެ މަސައްކަތް ކައުންސިލްގެ މަޝްވަރާއާއެކު ހިންގުން.
  13. މިއުޒިއަމް އަދި އާރޓް ގެލެރީއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޚިދުމަށް ދިނުމަށް ބޭނުންވާ އުޞޫލުތަކާއި ގަވާއިދުތައް ހެދުމަށް ކައުންސިލަށް ބޭނުންވާ މަޝްވަރާއާއި އެހީތެރިކަން ފޯރުކޮށްދިނުން.
  14. އައްޑޫސިޓީގައި ގާއިމްކުރެވޭ މިއުޒިއަމް ބަލަހައްޓައި، އެ ތަނުގައި ބަހައްޓާފައިވާ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުން.
  15. އައްޑޫސިޓީގައި ގާއިމްކުރެވޭ އާރޓް ގެލެރީ ބަލަހައްޓައި، އެތަނުގައި ބެހެއްޓިފައިވާ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުން.
  16. އައްޑޫސިޓީގެ މިއުޒިއަމްގައި ބަހައްޓާފައިވާ ތަކެތީގެ ދަފްތަރު އަދާހަމަކޮށް ބެލެހެއްޓުން.
  17. އައްޑޫސިޓީގެ އާރޓް ގެލެރީގައި ބަހައްޓާފައިވާ ތަކެތީގެ ދަފްތަރު އަދާހަމަކޮށް ބެލެހެއްޓުން.
  18. ކައުންސިލްގެ މަސައްކަތާއި ގުޅިގެން އެހެން ސެކްޝަންތަކަށް ދޭންޖެހޭ އެހީތެރިކަން ދިނުން.
  19. ކައުންސިލްގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ޙާލަތްތަކުގައި ޙަވާލުކުރެވޭ މަސައްކަތްކުރުން.
  20. ތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތާއި ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުން.

މަޤާމުގެ ޝަރުތުތައް:

  • މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން 05 އަހަރު ދުވަހުގެ ތަޖުރިބާ ހާޞިލުކޮށްފައިވުމާއެކު އައްޑޫގެ ތާރީޚާއި ސަގާފަތް އެނގޭ އަދި އެ ދާއިރާގައި ޚިދުމަތްކުރައްވާފައިވާ ފަރާތެއްކަމުގައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

  1. ކޮންޓްރެކްޓް އުޞޫލުން ވަޒީފާއަށް އެދޭ ފޯމް (މި ފޯމު އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން (adducity.gov.mv) މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
    ފޯމުގެ ލިންކް: https://adducity.gov.mv/uploads/1557727304.pdf
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
    (ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
    (ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
    (ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
    (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • އަސާސީ ޝަރުތު ހަމަވުމުން - %40
  • އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް - %5
  • އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ - %5
  • އިންޓަރވިއު - %50

މަޤާމަށް އައްޔަންކުރުމަށް ވަޒީފާއަށް އެދިފައިވާ ފަރާތަށް A2 ޝީޓުން މުޅިއެކު ޖުމުލަ 60 ނުވަތަ އެއަށް ވުރެ މަތިން ޕޮއިންޓު ލިބެންވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2024 މޭ 15 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި،މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2024 މޭ 16 އާއި 2024 ޖޫން 6 އާ ދެމެދުގައެވެ. އިންޓަރވިއު ބޭއްވޭނެ ތަނެއް ފަހުން އަންގައި ދެވޭނެއެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6885002  ނަންބަރު ފޯނާއެވެ.

29 ޝައްވާލް 1445
08 މޭ  2024 

08 މޭ 2024