ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)393/393/2024/39
ޕަބްލިޝްކުރި ތާރީޚް: 08 މޭ 2024
ޕަބްލިޝްކުރި ގަޑި: 08:52
ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ތަރައްޤީގެ ޕްލޭނަށް އަމަލީ ސިފަ އަންނަމުންދާގޮތް ރައްޔިތުންނާއި ޙިއްސާކުރުން
2024 ވަނަ އަހަރުގެ މާރޗް އަދި އެޕްރީލް މަހުގެ ތަރައްޤީގެ ޕްލޭނަށް ޢަމަލީ ސިފަ އަންނަމުންދާ ގޮތުގެ މަޢުލޫމާތު އާއްމުކޮށް އެންގުމަށްޓަކައި މި އިޢުލާނާއެކު އާންމު ކުރީމެވެ.
- ދިވެހި ޤައުމިއްޔަތު ދިރުވައި ޢާލާކުރުމުގެ ދުވަސް ފާހަގަކުރުން. (މާރޗް 2024)
- ރަށު ފެންވަރުގައި ކުންޏާއި ވަޞީލަތްތައް މެނޭޖްކުރުމުގެ ޕްލޭން އެކުލަވާލުމާ ބެހޭ މަސައްކަތު ބައްދަލުވުމުގައި ކައުންސިލުން ބައިވެރިވުން. (މާރޗް 2024)
- ދީނީގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ބޭއްވުނު ޝެއިޚް މުޖްތަބާ ޙަމީދުގެ ދީނީ ދަރުސް. (މާރޗް 2024)
- 1445 ވަނަ އަހަރު ތަރާވީޙް ނަމާދު ކުރުމަށް ޙާފިޡްގެނައުން. (މާރޗް 2024)
- ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް އތމ ކޮމެޓީ ބޭއްވި ހަރަކާތްތަކުގައި ކައުންސިލުން އެހީތެރިކަން ފޯރުކޮށްދިނުން. (މާރޗް 2024)
- މަސްޖިދުއްސިޔާދާ މިސްކިތް ކުލަލުން. (މާރޗް 2024)
- ކުނިމެނޭޖްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން. (މާރޗް-އެޕްރީލް 2024)
- ތ.ކިނބިދޫ-ތ.ކުޑަދޫ ބްރިޖް މަސައްކަތް. (މާރޗް 2024)
- މަސްޖިދުއްޢާއިޝާ މިސްކިތް މަރާމާތުކުރުން. (މާރޗް 2024)
- މަސްޖިދުއްޢާއިޝާ މިސްކިތް ކުލަލުން. (މާރޗް 2024)
- ބަނދަރު ނަންބޯޑް ޖެހުމަށް ބޭނުންވާ ސާމާނު ގެނައުން (އެޕްރީލް 2024)
- 1445 ވަނަ އަހަރުގެ ފިޠުރު ޢީދު ފާހަގަކުރުން. (އެޕްރީލް 2024)
- ތަރާވީޙް ނަމާދުކުރުމަށް ގެނެވުނު ޙާފިޡްގެ އަގުވަޒަންކުރުން. (އެޕްރީލް 2024)
- 2024 ވަނަ އަހަރުގެ އެސް.އެސް.ސީ އޯލެވެލް އިމްތިޙާން ގައި ކިނބިދޫ ސްކޫލުން ބައިވެރިވާ ދަރިވަރުންނަށް ހިތްވަރުދިނުމުގެ ގޮތުން ހަފާލާއެއް ބޭއްވުން. (އެޕްރީލް 2024)
- ޕްރީސްކޫލްކުދިންގެ މާދަރީ ބަހުގެ ދުވަސް ފާހަގަކުރުން. (މާރޗް 2024)
- ޕްރީސްކޫލް ކުދިންގެ "ޕޯޓްފޯލިއޯ ޑޭ" ފާހަގަކުރުން. (އެޕްރީލް 2024)
29 ޝައްވާލު 1445
08 މޭ 2024