މުބާރާތް
ނަންބަރު: (IUL)330-B/330/2024/23
ޕަބްލިޝްކުރި ތާރީޚް: 07 މޭ 2024
ޕަބްލިޝްކުރި ގަޑި: 22:54
ސުންގަޑި: 16 މޭ 2024 14:00
މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ކާށިދޫ ކައުންސިލް ފުޓްބޯލް ޗެލެންޖް 2024" ގައި ބައިވެރިވުމުގެ ފުރުޞަތު

މާލެއަތޮޅު ކާށިދޫ ކައުންސިލްގެ ފަރާތުން ކުރިއަށް އޮތް ޖޫން މަހުގެ 20 ވަނަ ދުވަހުން ފެށިގެން "ކާށިދޫ ކައުންސިލް ފުޓްބޯލް ޗެލެންޖް 2024" ގެ ނަމުގައި ވާދައިގެ ތައްޓަށް ކުޅެވޭ ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ ކާށިދޫއަށް ނިސްބަތްވާ ކްލަބް ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ބެލެނިވެރިކަމުގެ ދަށުންނެވެ.

        މުބާރާތުގެ ޗެމްޕިއަން ޓީމަށް 000،30 ރުފިޔާގެ ފައިސާގެ އިނާމާއި ވާދައިގެ ތައްޓާއި ރަން މެޑެލް އަދި ހަނދާނި ލިޔުން ދެވޭނެއެވެ. އަދި މުބާރާތުގެ ރަނަރ-އަޕް ޓީމަށް 000،20 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީއާއި ރިހި މެޑެލް އަދި ހަނދާނި ލިޔުން ދެވޭނެއެވެ.

      ވީމާ މި މުބާރާތުގައި ޓީމުތައް ބައިވެރިކުރަން ބޭނުންވާ ފަރާތްތަކުން މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު ނަންގަވައި ފުރުއްވުމަށްފަހު މި ހިނގާ މެއި މަހުގެ 16 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމު ހުށަހަޅުއްވާއިރު އޮންނަންވާނީ އެ ޓީމެއް ނިސްބަތްވާ ޖަމާޢަތުގެ ވެރިއެއްގެ ސޮއިކޮށް ތައްގަނޑު ޖަހާފައެވެ. ޓީމު ރަޖިސްޓްރީކުރަން އެދޭ ފޯމާއި މުބާރާތުގެ ޤަވާޢިދު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައި އެވަނީއެވެ.

07 މޭ 2024