ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)BCC-PS/1/2024/49
ޕަބްލިޝްކުރި ތާރީޚް: 07 މޭ 2024
ޕަބްލިޝްކުރި ގަޑި: 20:34
ސުންގަޑި: 14 މޭ 2024 15:00
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އއ ތޮއްޑޫގައި ގާއިމުކުރާ އޮތެންޓިކް މޯލްޑިވްސް ފިހާރައިގައި ދިވެހި އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ކުދި ވިޔަފާރިތަކަށް ހުޅުވާލުން

މި ކޯޕަރޭޝަނުން އއ.ތޮއްޑޫގައި ހުޅުވުމަށް ހަމަޖެހިފައިވާ "އޮތެންޓިކް މޯލްޑިވްސް" އައުޓްލެޓުގައި ތަކެތި ވިއްކުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވައިލަމެވެ.

މިއީ ދިވެހި އުފެއްދުންތައް އުފައްދާ ފަރާތްތަކަށް އަމާޒުކޮށްގެން ސަރުކާރުގެ ކުދި އަދި މެދު ފަންތީގެ ސިޔާސަތުގެ ދަށުން އެފަދަ ވިޔަފާރިތައް ކުރިއެރުވުމުގެ މަގްސަދުގައި އަދި އެފަދަ ފަރާތްތަކަށް ތަކެތި ވިއްކަން ފަހި މާހައުލެއް ގާއިމު ކުރުމުގެ ގޮތުން މި ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތެކެވެ.

މިކަމާއި ބެހޭ އެންމެހައި މައުލޫމާތު މިއިއުލާނާއިއެކު ހިމަނާފައިވާނެއެވެ.

ވީމާ، މި އައުޓްލެޓުގައި ތަކެތި ވިއްކުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 14 މޭ 2024 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން މިކަމަށް އެދި އެޕްލިކޭޝަން ފޯމާއި އެހެނިހެން ލިޔެކިއުންތައް ހުށަހެޅުއްވުމަށް އެދިދަންނަވަމެވެ.

އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޯމް ހުށަހަޅުއްވާނަމަ ފޯމު ފޮނުއްވާނީ [email protected] މި އީމެއިލް އެޑްރެހަށެވެ. 

 

މިކަމާއި ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށާއި އެޕްލިކޭޝަން ފޯމް ހުށަޅާނީ:

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)، ފުރަތަމަ ފަންގިފިލާ، މ.ކަނީރުވިލާ، އޯކިޑް މަގު، މާލެސިޓީ ނުވަތަ

ތޮއްޑޫ ބިޒްނަސް ސެންޓަރ، އއ. ތޮއްޑޫ ކައުންސިލްގެ އިދާރާ، އއ. ތޮއްޑޫ

ފޯން: 3305555

އީމެއިލް: [email protected] 

 

07 މޭ 2024