ދިވެހިރާއްޖެ
ބައެއް ތަކެތި ގަތުމަށް ބޭނުންވެއްޖެ
މި އޮފީހުން ބައެއް ތަކެތި ހޯދުމަށް ކުރި، މި އޮފީހުގެ ނަންބަރު IUL)7-AGBU/1/2015/8)ފ(18 ފެބުރުވަރީ 2015) އިޢުލާނާ ގުޅިގެން ބައެއް ތަކެތި ގެނެސްދިނުމަށް ތިންފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، ތިރީގައި މިވާ ތަކެތި ގެނެސްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އެ ކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
| 
 އަދަދު  | 
 އައިޓަމް  | 
| 
 4  | 
 27 އިންޗި މޮނީޓަރ  | 
| 
 2  | 
 އިންކްޖެޓް ކަލަރ ޕްރިންޓަރ  | 
| 
 1  | 
 އެޗްޑީ ވީޑިއޯ ކެމެރާ  | 
| 
 1  | 
 އެސްއެލްއާރ ޑިޖިޓަލް ކެމެރާ  | 
ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 12 މޭ 2015 ވާ އަންގާރަ ދުވަހުގެ 14:00 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުވުމަށްފަހު، 17 މޭ 2015 ވާ އާދީއްތަ ދުވަހުގެ 14:00 އަށް މިއޮފީހަށް އަގު ހުށަހެޅުއްވުން އެދެމެވެ. މިއިޢުލާނުގައިވާ ކޮންމެ އައިޓަމަކަށް ވަކިން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި މަޢުލޫމާތު އޮޅުންފިލުއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. މަޢުލޫމާތު ހޯއްދެވުމަށް ހާޒިރުވާ ފަރާތްތަކަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ހާޒިރުވާ ފަރާތްތަކަށް، އެކަމަށް ކަނޑައެޅިފައިވާ ދުވަހުގެ 14:00 ގެ ފަހުން ހޯލަށް ވަދެވަޑައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.