ދިވެހިރާއްޖެ
ނަންބަރ: (IUL)MMPRC-PRO/1/2024/48
އިޢުލާން
2024 ވަނަ އަހަރުގެ މެއި މަހުގެ 27 ން 29 ގެ ނިޔަލަށް ޗައިނާގައި އޮންނަ އައި.ޓީ.ބީ ޗައިނާ ފެއަރގައި، ރާއްޖޭގެ ތަމްސީލްކުރާ ސްޓޭންޑްގައި ސައި، ކޮފީ އަދި ބިސްކޯދު ފަދަ ތަކެތި ހިލޭ ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި މަސައްކަތްތައް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2024 މެއި 12 ވާ އާދީއްތަ ދުވަހު ހެނދުނު 11:00 އަށް، ހ. ޒޮނޭރިޔާގެ، 4 ވަނަ ފަންގިފިލާގައި ހުންނަ މި ކޯޕަރޭޝަންގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2024 މެއި 14 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް ވަޑައިގެން ޕްރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
28 ޝައްވާލް 1445ހ.
07 މެއި 2024މ