ކުއްޔަށް ދިނުން
ނަންބަރު: (IUL)401-C/401/2024/17
ޕަބްލިޝްކުރި ތާރީޚް: 07 މޭ 2024
ޕަބްލިޝްކުރި ގަޑި: 15:48
ސުންގަޑި: 22 މޭ 2024 13:30
ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިން ކުއްޔަށް ދިނުން

އިޢުލާން

ތާރީޚް:

07 މެއި 2024

ނަންބަރު:

(IUL)401-C/401/2024/17

28 ޝައްވާލު 1445

އިޢުލާނުގެ ވަނަ:

2

ބިން ކުއްޔަށް ދިނުން

 

ލ. ފޮނަދޫ އިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެ ތެރެއިން މިވަގުތު ހުސްކޮށްހުރި ތިރީގައިމިވާ ބިންތައް ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.

 

#

ބިމުގެ ނަންބަރު

ބިމުގެ ނަން / ބިން އޮތްތަން

ކުއްޔަށްދޭ ބޭނުން

ބިމުގެ ބޮޑުމިން

1

19

ޝަހީދުޢަލީމަގުގެ ދެކުނުފަޅީގައި 14 ނަންބަރު ބިމުގެ ހުޅަނގުން

އާންމު ވިޔަފާރި ހިންގުމަށް

2000 އަކަފޫޓް

2

J-1

 

ޖައިކާވެހި ބިމުގެ ހުޅަނގުބައި

(ބޮޑުތަކުރުފާނުމަގާއި ޖައިކާމަގާއި ގުޅުނު ކަންމަތި)

ގަރާޖު ހިންގުމަށް، ސްޕެއަރޕާޓްސް ވިއްކުންފަދަ ވެހިކަލްތަކާ ގުޅުންހުރި ވިޔަފާރި

"10'90×'39

ޖުމްލަ: 3542.5 އަކަފޫޓް

3

J-2

 

ޖައިކާވެހި ބިމުގެ މެދުބައި

(ޖައިކާވެހި 1 ގެ އިރުމަތި ފަރާތުގައި)

ގައު އެޅުމާއި ކޮންސްޓްރަކްޝަންއާއި ގުޅުންހުރި މަސައްކަތްތައް ކުރުމަށް

"6'90×'69

ޖުމްލަ: 6244.5 އަކަފޫޓް

4

J-3

 

ޖައިކާވެހި ބިމުގެ އިރުމަތިބައި

(ޖައިކާވެހި 2 ގެ އިރުމަތި ފަރާތުގައި)

އާންމު އެހެނިހެން ވިޔަފާރި ހިންގުމަށް

"6'90×'22

ޖުމްލަ: 1991 އަކަފޫޓް

5

O-1

އުތުރުކޮޅުގައި ހުންނަ އުރީދޫ އެންޓަނާގެ އުތުރުން އޮންނަ 1 ނަންބަރު ބިން

ގައު އެޅުމާއި ކޮންސްޓްރަކްޝަންއާއި ގުޅުންހުރި މަސައްކަތްތައް ކުރުމަށް

'40×'30

ޖުމްލަ: 1200 އަކަފޫޓް

6

O-2

އުތުރުކޮޅުގައި ހުންނަ އުރީދޫ އެންޓަނާގެ އުތުރުން އޮންނަ 2 ނަންބަރު ބިން  (O-1 ނަންބަރު ބިމާއި އިންވެގެން އުތުރަށް)

ގައު އެޅުމާއި ކޮންސްޓްރަކްޝަންއާއި ގުޅުންހުރި މަސައްކަތްތައް ކުރުމަށް

'40×'30

ޖުމްލަ: 1200 އަކަފޫޓް

7

O-3

އުތުރުކޮޅުގައި ހުންނަ އުރީދޫ އެންޓަނާގެ އުތުރުން އޮންނަ 3 ނަންބަރު ބިން  (O-2 ނަންބަރު ބިމާއި އިންވެގެން އުތުރަށް)

ވެހިކަލް ގަރާޖު (ވޯކް ޝޮޕް) ހިންގުމަށް

'40×'30

ޖުމްލަ: 1200 އަކަފޫޓް

98

O-4

އުތުރުކޮޅުގައި ހުންނަ އުރީދޫ އެންޓަނާގެ އުތުރުން އޮންނަ 4 ނަންބަރު ބިން  (O-3 ނަންބަރު ބިމާއި އިންވެގެން އުތުރަށް)

ކާޕެންޓްރީ ހިންގުމަށް

'40×'30

ޖުމްލަ: 1200 އަކަފޫޓް

 

ހުށަހެޅޭނެ އެންމެ ކުޑަ އަގު އަދި ކުއްޔަށް ދޫކުރާ މުއްދަތު:

  • ކުލީގެ ގޮތުގައި ހުށަހެޅޭނެ އެންމެ ކުޑައަގަކީ އަކަފޫޓަކަށް 1.10ރ އެވެ.
  • ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ މީލާދީ 10 އަހަރު ދުވަހަށެވެ.

ހުށަހަޅާ ބީލަންތަކަށް މާކްސް ދިނުމަށް ހަމަޖެހިފައިވާ ގޮތް:

  • ހުށަހަޅާ ފަރާތަކީ ފޮނަދޫގެ ރަށްވެއްސެއްނަމަ / ފޮނަދޫ އަށް ނިސްބަތްވާ ވިޔަފާރިއެއްނަމަ: 10 މާކްސް
  • §     ހުށަހަޅާ ކުއްޔަށް: 90 މާކްސް (އެންމެ މަތިން ހުށަހަޅާ ފަރާތަކަށް ފުލްމާކްސް އަދި އެއީ ބެންޗްމާކް ކަމަށް ބަލައިގެން އެހެން ފަރާތްތަކަށް މާކްސް ދޭގޮތަށް)

ބީލަމުގައި ރަޖިސްޓްރީވުން:

  • ބީލަން ހުށަހެޅޭނީ ބީލަން ހުށަހެޅުމަށްޓަކައި މިކައުންސިލުގައި ރަޖިސްޓްރީވެ ބިޑު ޑޮކިއުމެންޓް ގަތުމަށް ފައިސާ ދައްކާ ފަރާތްތަކަށެވެ. ހުށަހަޅާ ކޮންމެ ބިމަކަށް ވަކިން ރަޖިސްޓްރީ ވާންޖެހޭނެއެވެ. ބިޑް ޑޮކިއުމެންޓް ގަތުމަށް ދައްކަން ޖެހޭ ފައިސާގެ ޢަދަދަކީ ބީލަން ހުށަހަޅާ ކޮންމެ ބިމަކަށް -/150ރ އެވެ.
  • ރަޖިސްޓްރީ ވުމަށްޓަކައި 15 މެއި 2024 (ބުދަ) ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ ގޫގްލް ފޯމް ފުރިހަމަކުރުމަށްފަހު ހުށަހެޅުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ދޫކުރެވޭނެއެވެ.
  • ބީލަމުގައި ރަޖިސްޓަރީވުމަށް އެދޭ ފޯމް: https://docs.google.com/forms/d/e/1FAIpQLSdGK5bxMK88vdMgxj-_wTDZK8izr-ecVXfbCrZKG-zoRq5SPA/viewform

މަޢުލޫމާތު ސާފުކުރުން / މަޢުލޫމާތު ދިނުން:

  • މި ބީލަމާގުޅޭ ގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
  • ބީލަމާ ބެހޭ ގޮތުން ތައްޔާރު ކޮށްފައިވާ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ. އަދި މި ކައުންސިލްގެ ވެބްސައިޓުން www.fonadhoo.gov.mv އިން ލިބެން ހުންނާނެއެވެ.
  • އިތުރު މަޢުލޫމާތު [email protected] އަށް މެއިލް ކުރުމުން ފޯރުކޮށްދެވޭނެއެވެ.

ބީލަން ހުށަހެޅުން / ބީލަން ހުޅުވުން

  • ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 22 މެއި 2024 (ބުދަ) ދުވަހުގެ 13:30 އެވެ. ސުންގަޑި ހަމަވުމުން ލިބޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. ބީލަމާއެކު ހުށަހަޅާ އެންމެހައި ލިޔެކިޔުންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ. އަދި ހުށަހަޅާ ބިމުގެ ނަންބަރު ލިޔެފައި އޮންނަންވާނެއެވެ.
  • ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 22 މެއި 2024 (ބުދަ) ދުވަހުގެ 13:30 ގައި ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުން ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކުގެ ކުރިމަތީގައެވެ.

 

 

 

 

 

 

 

 

 

07 މޭ 2024