ދިވެހިރާއްޖެ
އަލަށް ހަދާ މަގުތަކުގައިހުރި ރުއްތަކުގެ ވެރިފަރާތް ހޯދުމާގުޅޭ!
އަލަށް ހަދަމުންދާ މަގުތަކުގައި ރަސްގެ ޖަހާފައިވާ ރުއްތަކުގެ ވެރިފަރާތް ހޯދުމަށް މިއިދާރާގެ ނަންބަރ (IUL)260-ESMS/260/2024/44 (18 އޭޕްރިލް 2024) ގައި ކުރެވުނު އިޢުލާނުގެ މުއްދަތު ހަމަވެފައިވީނަމަވެސް، ބައެއްފަރާތްތަކުން ރުއްގަހުގެ މަޢުލޫމާތު ދިނުމަށް ބޭނުންވެ އެކަމަށް އެދެމުންދާތީ، ތިރީގައި ބަޔާންކޮށްފައިވާ އަލަށް ހެދޭ މަގުތަކުގައި ހުރި ރުއްތަކުގެ މަޢުލޫމާތު، 2024 މެއި 14 ވާ އަންގާރަ ދުވަހުގެ އޮފިސް ބަންދުކުރުމުގެ ކުރިން، އެކަމަށް އެދި ފުރިހަމަކުރަންޖެހޭ ފޯމް ފުރިހަމަކޮށް މިއިދާރާއަށް އަންގަވައިދެއްވުން އެދެމެވެ. އަދި މަޢުލޫމާތު ފުރިހަމަ ކުރުމަށް ބޭނުންވާ ފޯމް ކައުންސިލް އިދާރާއިން އަދި ރަސްމީ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
ނަގަން ހަމަޖެހިފައިވާ ރުއްތައް އެނގޭގޮތަށް ޗާޓުގައި ތިރީގައިވާގޮތަށް ފާހަގަކުރެވިފައި ވާނެއެވެ.
- ބުލްބުލާގެއިން ފެށިގެން ފީރޯޒުގެއާ ހަމައަށް
- ފީރޯޒުގެއިން ފެށިގެން ފުޓްބޯޅަދަނޑުގެ ހުޅަނގު ދެކުނުކަނަށް
- ފެންޕްލާންޓުގެ އިރުމަތިން ފެށިގެން ދަނޑުބިމުގެ އެންމެ އިރުދެކުނުކަނަށް
- ވޮލީކޯޓުގެ އިރުއުތުރު ކަނުންފެށިގެން ދެކުނަށް ހޭޅިއާ ހަމައަށް
- ކިނބިގެއާ ވޮލީކޯޓާއި ހަމައިން ފެށިގެން އިރުމަތިފަރާތުގެ ހޭޅިއާ ހަމައަށް
- ފަޒާ ގެއިން ފެށިގެންއިރުމަތި ފަރާތު ހޭޅިއާ ހަމައަށް
މަތީގައިވާ މުއްދަތުގެ ފަހުން ހުށަހަޅާ ފޯމްތައް ބަލައިނުގަނެވޭނެކަމުގައި ދަންނަވަމެވެ. އަދި އެމަގުތަކުގައި ހުރި ރުއްތަކުގެ ތެރެއިން ވެރިފަރާތުން ބޭނުންވާ ރުއްތަކުގެ މަޢުލޫމާތުވެސް މިއިދާރާއަށް އަންގަވައިދެއްވުން އެދެމެވެ.
ނޯޓް: ގެވަޅުދޫކުރާ ސަރަހައްދުގެ މަގުތަކަށް އަރާ ރުއްގަސް ވަކިކުރެވޭނީ އެތަން ސާފުކޮށްގެން މަގަށް އަރާ ރުއް ގަސް އެނގިގެން ކަމުގައި ދަންނަވަމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި ޢިއުލާންކުރީމެވެ.