ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)272-ESMS/272/2024/55
ޕަބްލިޝްކުރި ތާރީޚް: 07 މޭ 2024
ޕަބްލިޝްކުރި ގަޑި: 13:45
ސުންގަޑި:
15 މޭ 2024 13:00
މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ނޫމަރާ ކައުންސިލްގެ 02 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލުން
ނޫމަރާ ކައުންސިލްގެ 02 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލުން
މިކައުންސިލްގެ ދެވަނަ ޤުރުއާން މުބާރާތް 18 މެއި 2024 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 15 މެއި 2024 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް މުބާރާތުގައި ބައިވެރިވުމަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގެ ޤަވާއިދާއި ފޯމް މި އިދާރާއިން ލިބެން ހުންނާނެއެވެ. ފޯމް ދޫކުރުމަށް ހަމަޖެހިފައިވަނީ 08 މެއި 2024 ން 15 މެއި 2024 ށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 13:00 އަށެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
07 މޭ 2024