ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)321-A/321/2024/79
ޕަބްލިޝްކުރި ތާރީޚް: 07 މޭ 2024
ޕަބްލިޝްކުރި ގަޑި: 13:17
ސުންގަޑި: 17 މޭ 2024 04:00
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގަސްލަކުޑި ނީލަން ކިޔުން

އިޢުލާނު 

           ރަށުގެ އެކި ސަރަޙައްދުތަކުން ނަގާ މި އިދާރާގެ ބެލުމުގެ ދަށުގައި ހުރި ބައެއް ގަސްލަކުޑި ދުވަހު ނީލަމުގައި ވިއްކާލަގޮތަށް ވަނީ ހަމަޖެހިފައެވެ. މި ނީލަން ކިޔުން އޮންނާނީ، 2024 މޭ 17 ވާ ހުކުރު ދުވަހުގެ ހަވީރު 4:00 ގައި އުރޫދޫ ދަނޑީގެ އިރުން އޮތް ސަރަޙައްދުގައެވެ.

 

          ވީމާ، މި ގަސްލަކުޑިތައް ނީލަމުން ނެންގެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2024 މޭ 17 ހުކުރު ދުވަހުގެ އެގަޑިއަށް އެ ސަރަޙައްދަށް ދުރުވުމަށް ދަންނަވަމެވެ. ނީލަމުގެ ކޮންމެ ސުލޮޓެއް (ބައެއް) ފެށޭއަގަކީ -/500 ރުފިޔާއެވެ

 

          އަދި ދަންނަވަމެވެ. މި ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން ދައްކަވަންޖެހޭ ފައިސާ، 2024 މޭ 21 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ދައްކަވާ ނިންމަވަން ވާނެއެވެ. އަދި ނީލަމުން ނެންގެވި ތަކެތި 2024 މޭ 22 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ގެންގޮސް ނިންމާ ބިން ސާފުކުރަން ވާނެއެވެ. މި މުއްދަތުގެ ތެރޭގައި ނުގެންގޮސް ހުންނަ ތަކެއްޗަކީ، ވެރިއަކު ނެތި، ބޭނުމެއްނެތި ދޫކޮށްލާފައިވާ ތަކެތިކަމަށްބަލައި، އެފަދަ ތަކެއްޗާމެދު ޢަމަލުކުރުމަށް ހަމަޖެހިފައިވާ ޤަވާއިދާ އެއްގޮތަށް ޢަމަލުކުރެވޭނެ ވާހަކަ ދެނެންނެވީމެވެ.

 

          މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

 

07 މޭ 2024