ދިވެހިރާއްޖެ
ފައިބަރ އޮޕްޓިކް ކޭބަލެއް އަޅަން ބޭނުންވެއްޖެ
ޓީވީ މޯލްޑިވްސް ކައިރީގައި ހުންނަ އެންސީއައިޓީގެ ޑިސްޓްރިބިއުޝަން ފޮށިން ފެށިގެން އެދުރުހިޔާ ބިލްޑިންގަށް ފައިބަރ އޮޕްޓިކް ކޭބަލެއް އެޅުމަށް IUL)22-PU/1/2015/125) ނަންބަރު އިޢުލާނާ ގުޅިގެން ތިން ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ، އެއިޢުލާން ބާޠިލު ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
07 މޭ 2015 (ބުރާސްފަތި) ދުވަހުގެ 13:00 އަށް |
11 މޭ 2015 (ހޯމަ) ދުވަހުގެ 13:00 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341403, 3341436 ނަންބަރު ފޯނާއެވެ.
14 ރަޖަބު 1436