މަސައްކަތް
ނަންބަރު: (IUL)MMPRC-HAS/1/2015/27
ޕަބްލިޝްކުރި ތާރީޚް: 04 މޭ 2015
ޕަބްލިޝްކުރި ގަޑި: 14:09
ސުންގަޑި: 07 މޭ 2015 11:00
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
'އިވެންޓް މެނޭޖްމެންޓް ކޮމްޕެނީ' އެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

ކުރިއަށްއޮތް 2016 ވަނަ އަހަރަކީ "ފަތުރުވެރިން ޒިޔާރަތްކުރާ އަހަރު" ގެ ގޮތުގައި ފާހަގަކުރުމަށް ސަރުކާރުން ނިންމާފައިވާ އަހަރުކަމަށްވުމުން، ތަފާތު ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމިފައެވެ. އެގޮތުން މިއަހަރު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ބައެއް އިވެންޓްތައް މި ކޯޕަރޭޝަންގެ ލަފައާ އެއްގޮތަށް މެނޭޖްކޮށްދޭނެ "އިވެންޓް މެނޭޖްމެންޓް ކޮމްޕެނީ"އެއް ބޭނުންވެއްޖެއެވެ.

ވީމާ، މިކަންތައް ކޮށްދެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 07 މޭ 2015ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި ކޯޕަރޭޝަނަށް (ވެލާނާގެ، 4 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 13 މޭ 2015ވާ ބުދަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

15 ރަޖަބު 1436

04 މޭ 2015