ދިވެހިރާއްޖެ
ނަންބަރު:(IUL)307/INDIV/2024/45
ކޮޓޭޝަން ހުށައެޅުމުގެ ދައުވަތު
ކައުންސިލާއި ހެޔޮއެދޭ ފަރާތްތައް ގުޅިގެން މިރަށުގެ ބަނދަރު ސަހަތައްދުގައި އިމާރާތް ކުރަމުންގެންދާ މިސްކިތުގެ ގޯތިތެރެ ސާފުކޮށް ވެލިގަނޑު ލެވެލްކޮށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މި މަސައްކަތާއި ބޭހޭ މައުލޫމާތު ތިރީގައި މިވަނީއެވެ؛
- މިސްކިތުގެ ގޯތިތެރޭގެ ބޮޑުމިން: 10000 އަކަފޫޓް (100 ފޫޓް ފުޅާ، 100 ފޫޓް ދިގު).
- ގްރައުންޑް ލެވެލް: މިސްކިތުގެ ވަށާފާތުގެ އިރުދެކުނު ކަންމަތި.
- ވެލިގަނޑު ލެވެލކޮށް ނިމޭއިރު އިތުރުވާ ވެލިތައް، ކައިރީގައި އޮތް ކޯޕަރޭޓިވް ގޯތިތެރެއަށް ޖަމާކުރުން.
- ވެލިގަނޑު ލެވެލްކޮށް ނިމުމުން ބިންގަޑަށް ފެންޖަހައި ހަރުކުރުން.
- ގޯތިތެރެ ސާފުކުރުމާއި ލެވެލް ކުރުމުގެ ތެރޭގައި ނެގޭ އެންމެހާ ކުނިތައް އުކާލުން.
އެހެނިހެން ބައިތައް:
- މި މަސައްކަތަށް ހުށައަޅާ އަގު 35,000/- (ތިރީސް ފަސްހާސް ރުފިޔާ) އަށްވުރެ ބޮޑުވެގެން ނުވާނެއެވެ.
- މި މަސައްކަތަށް ހުށައަޅާ ކޮޓޭޝަންގައި މި މަސައްކަތް ފުރިހަމަކޮށް ނިންމޭނެ މުއްދަތު ހިމަނަންވާނެއެވެ.
- ކޮޓޭޝަންތައް އިވެލުއޭޓް ކުރުމުގައި މަސައްކަތުގެ އަގަށް %90 އަދި ހުށައަޅާ މުއްދަތަށް ގެ މަގުން މާކްސް ދެވޭނެއެވެ.
- މި މަސައްކަތް ހަވާލުކުރެވޭނީ އިވެލުއޭޝަންގައި އެންމެ މަތިން މާކްސް ލިބޭ ފަރާތަކާއެވެ.
- މި މަސައްކަތަށް ކޮޓޭޝަން ހުށައެޅޭނީ ތިރީގައި މިވާ ފަރާތްތަކަށެވެ.
- ކުންފުނި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް.
- އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތައް.
- ކުލަބު ޖަމުއިއްޔާތައް.
- ޤާނޫނީ ހައިސިއްޔަތު ލިބިގައިވާ ކޮމެޓީތަކަށް.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކުން 2024 މެއި 14 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން، އެފަރާތުގެ ކޮޓޭޝަން މި އިދާރާއަށް ހުށައެޅުއްވުން އެދެމެވެ. ކޮޓޭޝަން އީމެއިލް ކުރައްވަން ބޭނުންފުޅުނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ހުޅައަޅާ ކޮޓޭޝަންގައި މި މަސައްކަތް ފުރިހަމަކޮށް ނިންމުމަށް ހުށައަޅާ މުއްދަތު ހިމަނާފައިނުވާ އެންމެހާ ކޮޓޭޝަންތައް ބާތިލުކުރެވޭނެ ކަމުގައިވެސް ދަންނަވަމެވެ.
މި މަސައްކަތާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވެލައްވާނަމަ 6580052 ނުވަތަ 7965507 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
28 ޝައްވާލް 1445