މަސައްކަތް
ނަންބަރު: (IUL) 268/2024/19
ޕަބްލިޝްކުރި ތާރީޚް: 07 މޭ 2024
ޕަބްލިޝްކުރި ގަޑި: 11:47
ސުންގަޑި: 15 މޭ 2024 14:00
ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލުން ހިންގުމަށް ހަމަޖެހިފައިވާ އަޟްޙާ ޢީދު ހަރަކާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމާއި ގުޅޭ

1445 ވަނަ އަހަރުގެ އަޟްޚާ ޢީދު ކުލަގަދަކޮށް ފާހަގަ ކުރުމަށް މި ކައުންސިލުން ބޭނުންވާތީ އަޟްޙާ ޢީދު ހަރަކާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ޖަމްޢިއްޔާތަކާބެހޭ ޤާނޫނު (ޤާނޫނު ނަންބަރ: 1/2003) ގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކުލަބު ޖަމިއްޔާ ޖަމާއަތް ތަކާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:2014/18 ) އަދި (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި ކުންފުނިތަކަށް ހުޅުވާލަމެވެ.

ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2024 މެއި 15 ވާ ބުދަދުވަހު 14:00ގެ ކުރިން ކައުންސިލްގެ މެއިލް [email protected] އަށް ޕްރޮޕޯސަލް ހުށަހެޅުމަށް ދެންނެވީމެވެ.

 

މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ. މަޢުލޫމާތު ކަރުދާހުގައި ނެތް މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

  • ނޭކުރެންދޫ ކައުންސިލް އިދާރާ ،ހދ. ނޭކުރެންދޫ
  • ފޯން:  7966885
  • އީމެއިލް: [email protected]

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

 

07 މޭ 2024