ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
މިދަންނަވާ މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
* 4ބުރި އިމާރާތުގެ މުޅިކަރަންޓު ވިއުގަރ އާކުރަން ބޭނުންވެއްޖެ.
* މުޅި ސްކޫލުގެ ސައުންޑް ސިސްޓަމެއް އަޅަން ބޭނުންވެއްޖެ.
މިކަންކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 06 މޭ 2015ވާ ބުދަދުވަހުގެ 11:00އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 11 މޭ 2015 ވާ ހޯމަ ދުވަހުގެ 11:00ގައި މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ބޭފުޅުން މި ސްކޫލުގެ އޮފީސްގޭޓުން (އަމީރުއަޙުމަދު މަގު) ވަދެވަޑައިގެންނެވުން އެދެމެވެ.