ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)366/2024/32
ޕަބްލިޝްކުރި ތާރީޚް: 07 މޭ 2024
ޕަބްލިޝްކުރި ގަޑި: 10:25
ސުންގަޑި: 14 މޭ 2024 13:00
މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަސްރަތު ޕްރޮގްރާމާއި ގުޅޭ:

        މި ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ، އަދި މޯލްޑިވްސް ޕޮލިސް ސަރވިސަސް ގުޅިގެން " ނަލަ ފިޓްނަސް ޗެލެންޖް 1 " ގެ ނަމުގައި 21 ދުވަހުގެ ކަސްރަތު ޕްރޮގްރާމެއް މިމަހުގައި ފެށުމަށްވަނީ ހަމަޖެހިފައެވެ. މިއީ ދެ ޖިންސްގެ ބޭފުޅުންނަށް ހުޅުވާލައިގެން ބާއްވާ ޕްރޮގްރާމެކެވެ.

        ވީމާ މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން 14 މެއި 2024 ވަނަ ދުވަހުގެ 13:00 ގެ ކުރިން  6720034 މި ނަމްބަރަށް ގުޅުއްވައިގެން ނަންނޯޓްކުރެވުމަށް ނުވަތަ އިޢުލާނާއި އެކުގައިވާ ގޫގުލް ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6720034، ނުވަތަ 7501801 މި ނަމްބަރުތަކާއި ގުޅުއްވުން އެދެމެވެ.

ގޫގުލް ފޯރމް ލިންކް:

https://forms.gle/eX8pLUiRbgpuL6or8

 

            ވީމާ،  މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ. 

07 މޭ 2024