މަސައްކަތް
ނަންބަރު: (IUL)472-ADM/472/2024/39
ޕަބްލިޝްކުރި ތާރީޚް: 07 މޭ 2024
ޕަބްލިޝްކުރި ގަޑި: 08:51
ސުންގަޑި: 16 މޭ 2024 11:00
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
އިންޓަރނޭޝަނަލް ޑްރައިވިންގ ޕަރމިޓް ދޫކުރުމަށްޓަކައި ސިލަބަސްއެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

އިންޓަރނޭޝަނަލް ޑްރައިވިންގ ޕަރމިޓް ދޫކުރުމަށްޓަކައި ސިލަބަސްއެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިނިސްޓްރީގެ ނަމްބަރު (IUL)472-ADM/472/2024/16  (29 ފެބްރުއަރީ 2024)  ޢިއުލާނާއި ގުޅިގެން ބިޑް ހުށަހެޅި ފަރާތުގެ ޝަރުތު ފުރިހަމަ ނުވާތީ އަލުން އިއުލާނު ކުރުމަށް ނިންމެވީއެވެ.

 

        ވީމާ، މި މަސައްކަތްކޮށްދޭން ޝަޢުގުވެރިވާ ފަރާތްތަކުން 16 މޭ 2024 ވާ ބުރާސްފަތި ދުވަހުގެ 11:00  އަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ، އުމަރު ޒާހިރު ބިލްޑިންގ (ލޮޓް ނަމްބަރު 11602، އޯކިޑްމާ ހިނގުން، ހުޅުމާލެ) ގެ 03 ވަނަ ފަންފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.  މިއިޢުލާނާއި ގުޅޭ މަޢުލޫމާތު  ކަރުދާސް މިއިޢުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކޮށްފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ދުވަހަކީ ބަންދު ދުވަހެއްކަމަށް ސަރުކާރުން ކަނޑައަޅައިފިނަމަ، ދެން އެންމެ އަވަހަށް ސަރުކާރު އޮފީސްތައް ހުޅުވާދުވަހު އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެއެވެ.

      އަދި ދަންނަވަމެވެ، މައުލޫމާތު ފުރިހަމަ ނުވާ އަންދާސީބު ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

07 މޭ 2024