ދިވެހިރާއްޖެ
އިޢުލާން |
ނަންބަރ: |
(IUL)421/ESMSED/421/2024/21 |
ތާރީޚް |
27 ޝައްވާލުް 1445 |
|
06 މެއި 2024 |
ގޯތި ތަކުގެ ވަށައިގެންވާ މަގުތަކާއި،ގޯޅިތައް ސާފުކުރުމާއި ބެލެހެއްޓުން
މިރަށު މީހުން ދިރިއުޅޭ ގޯތިތަކާއި އަދި މީހުން ދިރިނޫޅޭ ގޯތިތަކާއި،ސަރުކާރުގެ ބައެއް މުއްސަސާތަކުގެ މަގުތަކާއި އެމަގުތަކާއި ގުޅިފައިވާ ގޯޅިތައް ސާފުކޮށް ބެލެހެއްޓެމުން ނުދާތީ ރަށުގެ މަގުތަކުގައި އާދަޔާ ޚިލާފަށް ވިނަގަސްތައް ހެދި، ރަށުގެ ސާފުތާހިރުކަންވަނީ ވަރަށް ބޮޑަށް ގެއްލިފައެވެ.
އެގޮތުން މިކަމަށް އެކަށީގެންވާ ހައްލެއް ހޯދުމުގެ ގޮތުން މިކައުންސިލުން ވާނީ ތަފާތު އެތަކެއް ފަހަރުމަތިން އެކިގޯތި ތަކުގެ ވެރިންނަށް މަގުސާފުކުރުމާއި ބެލެހެއްޓުމަށް ލިޔުމުން އަންގާ ނަސޭހަތްތެރިވެފައެވެ.ނަމަވެސް މަދު ގެއަކުން ފިޔަވައި މިކަމަށް އެއްބާރުލުންދީ އިޖާބަދީފައި ނުވެއެވެ.
އެހެންކަމުން ރަށުގެ ސާފުތާހިރުކަމާއި ރީތިކަން ދެމެހެއްޓުމަށްޓަކައި،އިތުރަށް މިކަން ކުރެވޭނެ ގޮތްތަކަކާމެދު މިކައުންސިލްގެ 04 ވަނަ ދައުރުގެ 83 ވަނަ ޢާންމު ޖަލްސާއަށް ހުށަހެޅި ވަނީ ގޮތްތަކެއް ނިންމާފައެވެ. އެގޮތުން
- ގޯތިތަކުގެ ވަށައިގެންވާ މަގުތަކާއި ގޯޅިތައް ޤަވާއިދުން ސާފުނުކުރާ ފަރާތްތަކަށް އެފަދަ ތަންތަން ސާފުކުރުމަށް 10 ( ދިހައެއް ) ދުވަހުގެ މުއްދަތެއް ދިނުން
- ސާފުކުރުމަށްދެވޭ 10 ދުވަހުގެ މުއްދަތުގައި ސާފުނުކުރާ ފަރާތްތަކުގެ މަޢުލޫމާތު ( ގޯތީގެ ނަން،ވެރިފަރާތުގެ ނަމާ އެޑްރެސް،އަދި ސާފުނުކުރާ މަގުތަކާއި ގޯޅިތަކުގެ ފޮޓޯ ) ކައުންސިލުން ބޭނުންކުރާ އެކިއެކި ސޯޝަލް މީޑިއާގެ ޕްލެޓް ފޯމް ތަކުގައި ޢާންމުކުރުން
- ނަންބަރު 2 ގައިވާ މަޢޫލޫމާތު ޢާންމުކުރާތާ 10 ދުވަހުގެ ތެރޭގައި މަގުތަކާއި ގޯޅިތައް ސާފުނުކުރާނަމަ އެގޯއްޗެއްގެ ވެރިފަރާތް ޖޫރިމަނާކުރުން
3.1 ފުރަތަމަ ފަހަރު 200.00 ( ދުއިސައްތަ ) ރުފިޔާ
3.2 ދެވަނަ ފަހަރަށް 300.00 ( ތިންސަތޭކަ ) ރުފިޔާ
3.3 ތިންވަނަ ފަހަރަށް 500.00 ( ފަސްސަތޭކަ ) ރުފިޔާ
3.4 އިތުރަށް ތަކުރާރުވާ ކޮންމެ ފަހަރަކަށް 500.00 ( ފަސްސަތޭކަ ) ރުފިޔާ
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
ހާޝިރު މުޙައްމަދު
ކައުންސިލްގެ ނާއިބް ރައީސް