މަސައްކަތް
ނަންބަރު: A/2015/08
ޕަބްލިޝްކުރި ތާރީޚް: 28 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 10:49
ސުންގަޑި: 06 މޭ 2015 10:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
02 އެއަރކޯން ގަނެ ހަރުކޮށްދިނުމުގެ މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މިކޯޓުގެ އިދާރީބަޔާއި ޝަރީޢަތްކުރާބައިގައި މިހާރު ހަރުކޮށްފައިވާ 02 އެއަރކޯން ނަގައި ހިޓާޗީ އިންވާޓަރ 18000 ބީޓީޔޫ އެއަރކޯނަކާއި އަދި ހިޓާޗީ އިންވާޓަރ 12000 ބީޓީޔޫ އެއަރކޯނެއް އަމިއްލަ ތަކެތީގައި ގަނެ ހަރުކޮށްދިނުމުގެ މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިކޯޓުގެ ނަންބަރު A/2015/06ފ(03 މާރިޗު 2015) އިޢުލާނާއި ނަންބަރު A/2015/007ފ(26 މާރިޗު 2015) ދެ އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިމަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް އެދޭ ފަރާތްތަކުން 2015 މޭ 06 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް ގދ. ހޯނޑެއްދޫ މެޖިސްޓްރޭޓް ކޯޓަށް ނުވަތަ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 މޭ 10 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށް ގދ. ހޯނޑެއްދޫ މެޖިސްޓްރޭޓް ކޯޓަށް ނުވަތަ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވަނީ ކުންފުންޏަކުން ކަމަށްވާނަމަ އެކަން އެނގޭނެ ރަސްމީ ލިޔުމަކާއި، އަދި އެކުންފުނީގެ ފަރާތުން މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތުގެ މައުލޫމާތު އެނގޭނެ ކުންފުނީގެ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ. އަދި މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09 ރަޖަބު 1436

28 އޭޕްރިލް 2015