ދިވެހިރާއްޖެ
މިކުންފުނިން ވިއްކާ މުދާ އަތޮޅުތެރޭގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި އަތޮޅުތަކުގެ ރަށްރަށުގައި ޑިސްޓްރިބިއުޓް ކޮށްދޭނެ އެޖެންޓުން ހޯދުމަށް ބޭނުންވެއެވެ.
އެޖެންޓުން ހަމަޖެއްސުމަށް ހަމަޖެހިފައިވާ އަތޮޅާއި އެއަތޮޅަކުން އެޖެންޓުން ނަގާ އަދަދު.
|
އަދަދު |
އަތޮޅު |
|
1 |
ބ |
|
1 |
މ |
|
1 |
ލ |
އެޖެންޓުން ހޮވުމުގައި ބަލާނެ ކަންތައްތައް.
- އެޖެންޓް ކަމަށް ކުރިމަތިލާ ފަރާތުގެ މާލީ ހާލަތު
- އެޖެންޓް ކަމަށް ކުރިމަތިލާ ފަރާތުގެ ވިޔަފާރި ހިންގުމުގެ ޤާބިލުކަމާއި ދާއިރާއިން ލިބިފައިވާ ތަޖުރިބާ
- އެޖެންޓް ކަމަށް ކުރިމަތިލާ ފަރާތުން އިތުރު އެހެން ވާދަވެރި މުދަލެއް ވިއްކާނަމަ އޭގެ ތަފުސީލު
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އެމްޓީސީސީ ސޭލްސް އެންޑް މާކެޓިންގ ޑިޕާޓްމަންޓުން ދޫކުރާ އެޕްލިކޭޝަން ފޯމު ފުރުއްވުމަށްފަހު 10 މޭ 2015 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާ އަށް ހުށަހެޅުއްވުން ނުވަތަ 3314050 މިނަންބަރަށް ފެކްސް ކުރެއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އެޖެންޓުކަމަށް އެދި ހުށަހަޅާ ފޯމު އެމްޓީސީސީގެ ވެބްސައިޓް (www.mtcc.com.mv) އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3001252 ނުވަތަ 3001253 އަށް ގުޅުއްވުން އެދެމެވެ.
08 ރަޖަބު 1436