ދިވެހިރާއްޖެ
މި އިދާރާއިން އަނބު ޕާރކް ސްޓޭޖް މަރާމާތުކުރަން ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 11 މެއި 2024 ވާ ހޮނިހިރު ދުވަހުގެ 11:40 އަށް އަންދާސީހިސާބު ހުށަހެޅުމަށް، މި އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ. މި ބީލަމާއި ގުޅިގެން ބޭއްވޭ ޕްރީބިޑް މީޓީންގް 2024 މެއި 07 ވާ އަންގާރަ ދުވަހުގެ 11:00 ގައި ކައުންސިލްގެ އިދާރާގެ މީޓީންގް ރޫމްގައި އޮންނާނެއެވެ. ޕްރީބިޑް މީޓީންގްގައި ބައިވެރިވެނުލައްވާ ފަރާތްތަކަށްވެސް ބީލަން ހުށައެޅުމުގެ ފުރުޞަތު ދެވޭނެއެވެ.
ބީލަމާބެހޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. މިމަސައްކަތާއި ގުޅޭ ބިޑް ހުށަހަޅަންޖެހޭ ތަން އަދި ތާރީޚް ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ.
ތަފްޞީލް |
ތަން |
ތާރީޚް |
ދުވަސް |
ވަގުތު |
ބިޑް ހުށަހެޅުން |
ގއ.ނިލަންދޫ ކައުންސިލްގެ އިދާރާ |
11 މެއި 2024 |
ހޮނިހިރު |
11:40 |
މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. ނުވަތަ 4000012 ނަންބަރަށް ގުޅުއްވުން އެދެމެވެ. މައުލޫމާތު ޝީޓާއި އެއްގޮތަށް އަންދާސީ ހިސާބް ހުށަހަޅުއްވާފައިވާނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
26 ޝައްވާލް 1445