މަސައްކަތް
ނަންބަރު: MNU-CA-PR/2015/238
ޕަބްލިޝްކުރި ތާރީޚް: 30 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 10:08
ސުންގަޑި: 06 މޭ 2015 10:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އޮޑިޓޯރިއަމްގެ ކުރެހުން ތައްޔާރުކޮށް ބިޑް ޑޮކިޔުމަންޓް އެކުލަވާލާނޭ ފަރާތެއް ހޯދުމަށް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ ހދ. ކުޅުދުއްފުށީ ކެމްޕަހުގައި ބިނާކުރުމަށް ގަސްދުކުރާ އޮޑިޓޯރިއަމްގެ ކުރެހުން ތައްޔާރުކޮށް ބިޑް ޑޮކިޔުމަންޓް އެކުލަވާލާނޭ ފަރާތެއް ހޯދުމަށް ކުރި ނަންބަރު MNU-CA-PR/2015/238ފ(21 އެޕްރީލް 2015) އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަދީފައިނުވާތީ، މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، ޔުނިވަރސިޓީން އެކުލަވާލާފައިވާ ޢިމާރާތްކުރުމާ ގުޅޭ ޑްރާފްޓްތަކެއްގެ މައްޗަށް ބިނާކޮށް މިމަސައްކަތް ކޮށްދެއްވަން އެދޭ ފަރާތްތަކުން 06 މޭ 2015 ވާ ބުދަ ދުވަހުގެ 10:00 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ގަޑި ފިޔަވައި އެހެން ގަޑިއެއްގައި މަޢުލޫމާތު ކަރުދާސް ދޫކުރެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 10 މޭ 2015 ވާ އާދީއްތަ ދުވަހުގެ 10:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައެވެ.

11 ރަޖަބު 1436      

30 އޭޕްރިލް 2015