ދިވެހިރާއްޖެ
ނަންބަރު: (IUL)300-EC/300/2024/28
އިޢުލާން |
އުލްޙުޔާ ކަތިލުމަށް 5 ބަކަރި ގެނެސްދޭނެ ފަރާތެއް ހޯދުމަށް ބޭއްނުންވެއްޖެއެވެ.
އަމިއްލަ ޚަރަދުގައި އުލްޙުޔާ ކަތިލުމަށް 5 ބަކަރި ގެނެސްދޭނެ ފަރާތެއް ހޯއްދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2024 މެއި 09 ވާ ބުރާސްފަތި ދުވަހުގެ 13:00 ށް ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2024 މެއި 15 ވާ ބުދަ ދުވަހުގެ 13:00 ށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ 18/2014 ( ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ އެއްވެސް ފަރާތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލާގަނެވެންނެތް ވާހަކަ ދަންނަވަމެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް އީ-މެއިލް ކުރާނީ [email protected]އަށް ނުވަތަ ގުޅުއްވާނީ މި އިދާރާގެ ނަންބަރ: 6580068 / 9777183 ފޯނަށެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.