ކުއްޔަށް ދިނުން
ނަންބަރު: GS-26/IUL/2024/15
ޕަބްލިޝްކުރި ތާރީޚް: 06 މޭ 2024
ޕަބްލިޝްކުރި ގަޑި: 10:14
ސުންގަޑި: 19 މޭ 2024 11:00
ގދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ސްކޫލް ކެންޓީން ކުއްޔަށް ހިންގުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުން

އިޢުލާން ނަންބަރ: GS-26/IUL/2024/15

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

 

ސްކޫލުގެ ކެންޓީން ކުއްޔަށް ހިންގުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދަށް ބޭނުންވެއްޖެ

 

މި ސްކޫލުގެ ކެންޓީން ކުއްޔަށް ހިންގުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު GS-26/IUL/2024/10 (28 ފެބުރުއަރީ 2024) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޝައުގުވެރިކަށް ހުށަހަޅާފައި ނުވާތީ، އެ އިޢުލާން ބާތިލްކޮށް 04 ވަނަ ފަހަރަށްބީލަން (ޕްރޮޕޯސަލް) ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިވާ ތާވަލާއި އެއްގޮތަށް ރަޖިސްޓްރީވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

1

ރަޖިސްޓްރީވުން

13 މޭ 2024 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ބިޑްގައި ރަޖިސްޓްރީވުމަށް  މި ސްކޫލަށް ދުރުވެ ނުވަތަ [email protected] އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ.

-          ނަންނޯޓް ކުރައްވާ ފަރާތްތަކުން ސަބްޖެކްޓްގައި އިޢުލާން ނަންބަރު ޖެއްސެވުމަށްފަހު މެއިލްގައި ބިޑް ހުށަހަޅާ ފަރާތުގެ/ކުންފުނީގެ ނަން، ފޯން ނަންބަރު، އީމެއިލް އެޑްރެސް ލިޔުއްވުމަށްފަހު މި ބިޑްގައި ބައިވެރިވާން އެދޭކަން ލިޔުއްވުން އެދެމެވެ.   

2

މަޢުލޫމާތު ސާފުކުރުން

 މަޢުލޫމާތު ސާފުކުރުން އޮންނާނީ 14 މޭ 2024 ވާ އަންގާރަ ދުވަހު 11:00ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.

3

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެގޮތް

ބީލަން (ޕްރޮޕޯސަލް) ހުށަހެޅުން އޮންނާނީ 19 މޭ 2024 ވާ އާދީއްތަ ދުވަހުގެ 11:00ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.

 ( ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 (އެކެއް) އަންދާސީހިސާބެވެ.)

ބީލަމުގައި ރަޖިސްޓްރީނުވާ އަދި އަންދާސީ ހިސާބު ހުށައެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންނަށް ބީލަން ހުށަހެޅުމުގައި ބައިވެރިއެއް ނުވެވޭނެއެވެ. މި ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2024 މޭ 13 ވާ  ހޯމަ ދުވަހުގެ 10:00ގެ ކުރިން ސުކޫލަށް ހާސިރުވެ ނުވަތަ 9972577 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

06 މޭ 2024

06 މޭ 2024