ޢާންމު މަޢުލޫމާތު
ނަންބަރު: AAM/2024/002
ޕަބްލިޝްކުރި ތާރީޚް: 05 މޭ 2024
ޕަބްލިޝްކުރި ގަޑި: 20:04
ސުންގަޑި: 15 މޭ 2024 12:00
އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިޚާބް

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ ދައުރު ހަމަވާތީ، އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އަސާސީ ގަވާޢިދުގެ 12.4.1ވަނަ މާއްދާގައި ވާ ގޮތުގެ މަތިން، އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިޚާބް، 24 މެއި 2024ވަނަ ދުވަހު ބާއްވާ އެސޯސިއޭޝަންގެ ޢާއްމު ޚާއްޞަ ޖަލްސާގައި ކުރިޔަށް ގެންދަން އެސޯސިއޭޝަންގެ ހިންގާ ކޮމިޓީން ވަނީ ނިންމާފައެވެ.

 

މި ގޮތުން އެސޯސިއޭޝަންގެ ހިންގާ ކޮމިޓީއަށް އިންތިޚާބް ކުރާ މަގާމުތަކަކީ

 

  • ރައީސް
  • ނާއިބް ރައީސް
  • ޚަޒާންދާރު
  • ހިންގާ ކޮމިޓީގެ އިތުރު 3 މެމްބަރުން
  • ހިންގާ ކޮމިޓީގެ އަންހެން މެމްބަރ

 

ވީމާ، އެސޯސިއޭޝަންގެ ހިންގާ ކޮމިޓީއަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން މި އިއުލާނާއެކު އެޓޭޗް ކުރެވިފައިވާ "އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު 15 މެއި 2024 ވަނަ ދުވަހުގެ މެންރުރު 12.00ގެ ކުރިން އެސޯސިއޭޝަންގެ އީމެއިލް [email protected] އަށް ނުވަތަ ވައިބަރ ނަމްބަރ 7893838 އަށް ފޮނުވައި ދިނުން އެދެމެވެ.

05 މޭ 2024