ދިވެހިރާއްޖެ
އުތީމުގައި ޤާއިމްކުރާ އައުޓްޑޯރ ޖިމްގެ ގައުޖެހުމާއި، ކާޕްޓް އެޅުމާއި އަދި ޖިމްގެ އިކުއިޕްމެންޓްސް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 13 މެއި 2024 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށް މިއިދާރާގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅުމަށް ބައިވެރިވެވޭނީ ހަމައެކަނި ބީލަމުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީ ކުރަން އެދޭ ފޯމް މިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.
މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 މެއި 09 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އެކަން ލިޔުމުން ( [email protected] ) އަށް މެއިލް ކުރެއްވުން އެދެމެވެ.
މި ބީލަމާއިބެހޭ ހުރިހާ މަޢުލޫމާތެއް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާތީ، މަޢުލޫމާތު ދިނުމަށް އިތުރު ބައްދަލުވުމެއް ނޯންނާނެއެވެ.
ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2024 މެއި 28 ވާ އަންގާރަ ދުވަހުގެ 11:15 ގައި އުތީމު ކައުންސިލްގެ އިދާރާގައެވެ.
މިކަމަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރީ ޤާނޫނު (2024/18 ) ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ތަންތަނާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު ( 2024/19 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.