ބީލަން
ނަންބަރު: (IUL)237-PR/237/2024/12
ޕަބްލިޝްކުރި ތާރީޚް: 05 މޭ 2024
ޕަބްލިޝްކުރި ގަޑި: 16:00
ސުންގަޑި: 26 މޭ 2024 00:00
ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ. އަތޮޅު ކައުންސިލް އިދާރާގެ "މާވަށި ދޯނި ކުއްޔަށް ދޫކުރުމާއި ގުޅޭ

އިޢުލާނު

މި އިދާރާގެ "މާވަށި" ދޯނި ކުއްޔަށް ދޫކުރުމަށް މިއިދާރާއިން ކޮށްފައިވާ ނަންބަރު: (IUL)237-PR/237/2024/10 (28 މާރިޗު 2024) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައި ނުވާތީ، އެ އިޢުލާނު ބާޠިލްކޮށް، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަލުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

  1. މި ބީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވާން ޖެހޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް 2024 މޭ 14 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތު މިއިދާރާގެ ޕްރޮކިއުމެންޓް މެއިލް [email protected]  އަށް ފޮނުއްވުން އެދެމެވެ. މި ބީލަމުގައި ބައިވެރިވެވޭނީ ބީލަން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

 

  1. ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2024 މޭ 26 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މިއިދާރާގައެވެ. ބީލަން އޮންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "މާވަށި ދޯނި ކުއްޔަށްދޫކުރުމުގެ ބީލަން" މިހެން ލިޔެފައި އޮންނަންވާނެއެވެ.

 

  1. ހުށަހަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލާމާއިއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތަފްޞީލް އަދި ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކުގެ އިތުރުން ބީލަމާގުޅޭ މަޢުލޫމާތު މި އިޢުލާނާއިއެކުގައިވާ މަޢުލޫމާތު ކަރުދާހުގައި ހިމަނާފައި ވާނެއެވެ. އަދި

 

  1.  މަޢުލޫމާތު ކަރުދާސް މިއިދާރާގެ ވެބްސައިޓުން (www.faafu.gov.mv) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

 

  1. އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް މިއިދާރާގެ އީމެއިލް [email protected]  އަށް ހުށަހަޅުއްވުން އެދެމެވެ. ނުވަތަ މި އިދާރާގެ ނަންބަރު 6740017 އަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
05 މޭ 2024