ދިވެހިރާއްޖެ
މަޤާމް: |
ސްޕީޗް-ލޭންގުއޭޖް ޕެތޮލޮޖިސްޓް |
||||||||||||||
އިއުލާން ނަންބަރު |
HMH | IUL | 2024 | 062 |
||||||||||||||
މަޤާމުގެ ގިންތި: |
ދާއިމީ |
||||||||||||||
ބޭނުންވާ އަދަދު: |
1 |
||||||||||||||
ޑިޕާޓްމަންޓް: |
ޗައިލްޑް ޑެވެލޮޕްމެންޓް ސެންޓަރ |
||||||||||||||
މަސައްކަތް ކުރަންޖެހޭ ތަން: |
ޗައިލްޑް ޑެވެލޮޕްމެންޓް ސެންޓަރ، ހުޅުމާލެ ހޮސްޕިޓަލް |
||||||||||||||
|
|||||||||||||||
މަޤާމަށް ޢައްޔަންކުރާ އިރު ބޭނުންވާ ލައިސަންސްތަކާއި ފުރިހަމަކުރުން ލާޒިމް ތަމްރީނުތައް: މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލިންގައި ރަޖިސްޓްރީކޮށް، ލައިސަންސް ލިބިފައިވުން. |
|||||||||||||||
އެހެނިހެން އެލަވަންސް: 1- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިޔުޝަން. 2- ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން ޢިނާޔަތްތައް. |
|||||||||||||||
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: 1. ސްޕީޗް-ލޭންގުއޭޖް ޕެތޮލޮޖީގެ ޚިދުމަތް ހޯދަން އަންނަ އެކި އުމުރުގެ މީހުންގެ ކިބައިގައި މުއާމަލާތް ކުރުމުގައި މައްސަލައެއް ހުރިތޯބަލައި މައްސަލަ ހުރި މިންވަރު ދެނެގަތުމަށް ތަހުލީލުތައް ކުރުން. 2. މުއާމަލާތްކުރުމުގެ އެކި މައްސަލަތަކަށް ފަރުވާ ނުވަތަ ތެރަޕީ ދިނުން 3. އިތުރު ފަރުވާ ބޭނުންވާނަމަ އެކަމާބެހޭ އެހެން ދާއިރާތަކުގެ ބޭފުޅުންގެ ލަފާހޯދުމަށް އިރުޝާދު ދިނުން 4. މުއާމަލާތް ކުރުމުގައި މައްސަލައެއް ހުރިނަމަ ނުވަތަ ކުރިމަގުގައި މައްސަލައެއް ޖެހިދާނެކަމަށް ލަފާކުރެވޭނަމަ އެ މައްސަލައާއި ކުރަންޖެހޭ ފަރުވާއާ ބެހޭގޮތުން މައްސަލަ ހުރި މީހުންނަށާއި ބެލެނިވެރިންނަށް ކައުންސިލިންގ ދިނުމާއި އެ މައްސަލަތަކާމެދު ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން 5. ސްޕީޗް-ލޭންގުއޭޖް ޕެތޮލޮޖީގެ ޚިދުމަތް ހޯދަން އަންނަ ފަރާތްތަކުގެ ރެކޯޑްތައް ބެލެހެއްޓުމާއި ރިޕޯޓް ތައްޔާރުކުރުން. 6. ހޮސްޕިޓަލުގެ ސިޔާސަތުތައް ހާސިލްކުރުމަށް ކުރެވޭ އެންމެހާ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން.
|
|||||||||||||||
ކުރިމަތިލުމުގެ ސުންގަޑި: 15 މެއި 2024 ވަނަ ދުވަހު މެންދުރު 14:00 ގެ ކުރިން މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ކޮވެލި ބިލްޑިންގ 4 ވަނަ ފަންގިފިލާ އަށް ( ހުށަހެޅުއްވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމް ހުޅުމާލެ ހޮސްޕިޓަލްގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ހޮސްޕިޓަލްގެ ވެބްސައިޓް www.hmh.gov.mv އިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ. އީމެއިލް މެދުވެރިކޮށް ފޮނުއްވާ ފޯމުތަކަށް، ފޯމު ބަލައިގަތް ކަމުގެ މެއިލް ފޮނުވާނެއެވެ. މެއިލްއަށް ޖަވާބު ނުލިބޭނަމަ ވަޒީފާގެ އިޢުލާނުގައިވާ އީދާރީ އޮފީސް ނަންބަރަށް ގުޅުއްވުމަށްފަހު ފޯމު ލިބިފައިވޭތޯ ޗެކްކުރައްވަންވާނެއެވެ |
|||||||||||||||
|
|||||||||||||||
އިތުރު މަޢުލޫމާތު: އިތުރު މަޢުލޫމާތު ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލްގެ 3350134 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
|