މަސައްކަތް
ނަންބަރު: (IUL)C1-SM/2015/03
ޕަބްލިޝްކުރި ތާރީޚް: 04 މޭ 2015
ޕަބްލިޝްކުރި ގަޑި: 09:25
ސުންގަޑި: 13 މޭ 2015 14:00
މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ޕޯޓިކޯގެ ތަޅުންގަނޑު މަރާމާތުކުރުމާއި ގޭޓްލައިޓް ހަރުކުރަން

 އަންދާސީހިސާބު ބޭނުންވެއްޖެ

 މިމަރުކަޒު ޕޯޓިކޯގެ ތަޅުންގަނޑު މަރާމާތުކުރުމާއި ގޭޓްލައިޓް ހަރުކުރަން ބޭނުންވެއެވެ.

 ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 13 މޭ 2015 ވާ ބުދަދުވަހުގެ 14:00 އަށް މި މަރުކަޒުގެ އޮފީހަށް ވަޑައިގެން، ނުވަތަ ބަދަލުގައި މީހަކު ފޮނުވާނަމަ ސިޓީއަކާއެކު ފޮނުވައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 19 މޭ 2015 ވާ އަންގާރަ ދުވަހުގެ 14:00 އަށް މި މަރުކަޒުގެ އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

15 ރަޖަބު 1436

04 މޭ 2015