ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)345-CAA/345/2024/21
ޕަބްލިޝްކުރި ތާރީޚް: 05 މޭ 2024
ޕަބްލިޝްކުރި ގަޑި: 14:29
ސުންގަޑި: 05 ޖޫން 2024 13:00
އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަރިއަތޮޅު އުތުރުބުރީ މާޅޮހުން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމާއި ގުޅޭ:

މި އިޢުލާންވަނީ 15 މޭ 2024 22:01 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

އަރިއަތޮޅު އުތުރުބުރީ މާޅޮހުން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމާއި ގުޅޭ:

             އަރިއަތޮޅު އުތުރުބުރީ މާޅޮހުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލަމެވެ. މިގޮތުން ދޫކުރުމަށް ހަމަޖެހިފައިވަނީ 2000 އަކަފޫޓްގެ 45 ގޯއްޗެވެ. ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އިން ފާސްކޮށް ދެއްވާފައިވާ އއ.މާޅޮހުގެ ލޭންޑް ޔޫސް ޕުލޭން ގައި ގޯތި ދޫކުރުމަށް ކަނޑައެޅިފައިވާ ސަރަޙައްދު ތަކުންނެވެ.

             ވީމާ، އިޢުލާނާއެކު ގެޒެޓްކުރެވިފައިވާ "އއ. މާޅޮހުން ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމުގެ އުޞޫލު" ގައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން ގެވަޅަށް އެދި ފޯމު ހުށަހެޅުމަށް ހުޅުވާލަމެވެ.

             ފޯމު ދޫކުރުން ކުރިއަށްދާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:00 އިން 13.00 އަށެވެ. އަދި ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2024 މެއި 05 އިން 2024 ޖޫން 05 ގެ ނިޔަލަށެވެ. (ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:00 އިން 13:00 އަށެވެ.)

             އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ މި އިދާރާގެ ނަންބަރު 6660059 ފޯނާއެވެ.

މި އިޢުލާނާއެކު ތިރީގައިވާ ތަކެތި އެއްކަރުދާސް ކުރެވިފައިވާނެއެވެ. އެއީ؛

  • ގޯއްޗައް އެދި ހުށަހަޅާ ފޯމް
  • އއ. މާޅޮހުން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގެ އުޞޫލު 2024
  • ގޯތި ދޫކުރާ ސަރަޙައްދު ދައްކުވައިދޭ ރަށުގެ ޗާޓު
  • ލިބިފައި އޮތް ބިން ދޫކޮށްލުމަށް ވެވޭ އިޤްރާރު
  • ތަރިކައިން ލިބެންއޮތްބައި ދޫކޮށްލުމަށް ވެވޭ އިޤްރާރު

             ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

05 މޭ 2024