ޢާންމު މަޢުލޫމާތު
ނަންބަރު: : (IUL)359-ESMS/INDIV/2024/11
ޕަބްލިޝްކުރި ތާރީޚް: 05 މޭ 2024
ޕަބްލިޝްކުރި ގަޑި: 14:25
ފެލިދެއަތޮޅު ފެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލް އިދާރާގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުން

މިކައުންސިލް އިދާރާގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުން

ފެލިދޫ ކައުންސިލް އިދާރާގައި ހުރި ބައުވެ ގިނަ ދުވަސްވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުމަށް ވަނީ ހަމަޖެހިފައެވެ. ނީލަމުގެ ތަފްޞީލް ތިރީގައި އެވަނީއެވެ.

1-ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަން : ޕްރީސްކޫލް ގޯތީގައި

2-ނީލަން ކިޔުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި : 11 މެއި  2024 ވާ ހޮނިހިރު ދުވަހުގެ 9.00ގައި

3-ނީލަން ކިޔުމަށް ހަމަޖެހިފައިވާ އުސޫލު : ދުވަހު ނީލަމުގައި

4-މަޢްލޫމާތު ސާފުކުރުމަށް ގުޅާނެ ނަމްބަރ : 6700720

މި އިޢްލާނާއެކު ނީލަން ކިޔާ ތަކެތީގެ ލިސްޓް (އަގާއެކު) ހީރަސް ކުރެވިފައި އެވަނީއެވެ. ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ރަށުން ބޭރުމީހެއްނަމަ އައި ޑީ ކާޑް ކޮޕީއެއް ގެންނަވަން ވާނެއެވެ.

ވީމާ މިނީލަމުގައި ބައިވެރިވުމަށް  ޝައުގުވެރިވާ ފަރާތްތަކުން 11 މެއި 2024 ވާ ހޮނިހިރު ދުވަހުގެ 9.00ގައި ނީލަމުގައި ބައިވެރިވެ ވަޑައި ގަތުމުގެ ފުރުޞަތު ހުޅުވާ ލެވިފައިވާކަން އަންގައި އިޢްލާންކުރީމެވެ.

05 މޭ 2024