މަސައްކަތް
ނަންބަރު: (IUL)264/PRIV/2024/33
ޕަބްލިޝްކުރި ތާރީޚް: 05 މޭ 2024
ޕަބްލިޝްކުރި ގަޑި: 14:04
ސުންގަޑި: 09 މޭ 2024 10:00
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިގޮނޑުގެ އިރުމަތީ ފަރާތް (ބޮޑެތި ގަސްބުޑު، ރުއްބުޑު) ފަދަ ތަކެތި އެޅުމަށް ހާއްސަކުރެވިފައިވާ ސަރަޙައްދުގައި ހުރި ރުއްބުޑު، ގަސްބުޑުފަދަ ތަކެތި އެއްކައިރިކޮށް ފުނިޖަހައިދޭނެ ފަރާތެއް ހޯދުން

ކުނިގޮނޑުގެ އިރުމަތީ ފަރާތް (ބޮޑެތި ގަސްބުޑު، ރުއްބުޑު) ފަދަ ތަކެތި އެޅުމަށް ހާއްސަކުރެވިފައިވާ ސަރަޙައްދުގައި ހުރި ރުއްބުޑު، ގަސްބުޑުފަދަ ތަކެތި އެއްކައިރިކޮށް ފުނިޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 09 މެއި 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި އަންދާސީހިސާބު ހުށަހެޅުމަށް ދަޢުވަތު އަރުވަމެވެ.

 

މަސައްކަތާއިބެހޭ މަޢުލޫމާތު:

  • ކުނިގޮނޑުގައި މިހާރު ޖަމާކޮށްފައިވާ ރުއްބުޑު، ގަސްބުޑުފަދަ ތަކެތި އެސަރަޙައްދުގެ ދެކުނުފަރާތަށް ފުނިޖެހުން.

 

އަންދާސީހިސާބު ހުށަހެޅޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤަނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

އަންދާސީހިސާބު ހުށަހަޅަން ހާޒިރުވާއިރު ވިޔަފާރި ރެޖިސްޓްރީގެ ކޮޕީއަކާއި ހުށަހަޅާ ފަރާތުގެ އައިޑީކާޑު ކޮޕީއެއް ހުށަހަޅަންވާނެއެވެ. ކުންފުނި ނުވަތަ ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ހާޒިރުވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނަންވާނެއެވެ.

 

 

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ

އަމީނީމަގު، ހދ. ނޮޅިވަރަން، ދިވެހިރާއްޖެ

ފޯން: 6520043 

އީ-މެއިލް: [email protected]

 

 

                    

05 މޭ 2024