ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)280/INDIV/2024/18
ޕަބްލިޝްކުރި ތާރީޚް: 05 މޭ 2024
ޕަބްލިޝްކުރި ގަޑި: 12:41
ސުންގަޑި:
12 މޭ 2024 14:00
މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2024-2025 ވަނަ އަހަރު ޅައިމަގު ޕްރީސްކޫލަށް ކުދިން ވެއްދުން
2024-2025 ވަނަ އަހަރު ޅައިމަގު ޕްރީސްކޫލަށް ކުދިންވެއްދުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފީމެވެ. ޕްރީސްކޫލަށް ކުދިންވައްދާ އުމުރުފުރާތައް ތިރީގައި މިވަނީއެވެ.
- ނާސަރީއަށް ވަދެވޭނީ 2024 މާރިޗް 31 އަށް އުމުރުން 3 އަހަރުފުރި 4 އަހަރު ނުފުރޭ ކުދިން
- ބޭބީ ނާސަރީއަށް ވެއްދޭނީ 2024 މާރިޗް 31 އަށް އުމުރުން 2 އަހަރު ފުރި 3 އަހަރު ނުފުރޭ ކުދިން
އެހެންނަމަވެސް 2024 މާރިޗް 31 އާއި 2024 މެއި 31 އާ ދެމެދު، 2 އަހަރު ފުރޭ ކުދިންނަށް ސްކޫލަށް ވައްދަންއެދޭ ތާރީޚަށް ކުއްޖާއަށް 2 އަހަރު ފުރޭނަމަ ސްކޫލަށް ވައްދައިދެވޭނެއެވެ.
ވީމާ، 2024-2025 ވަނަ އަހަރު ޅައިމަގު ޕްރީސްކޫލަށް ކުދިން ވައްދަން ބޭނުންފުޅުވާ ފަރާތްތަކުން ސްކޫލަށް ވައްދަން އެދޭ ފޯމް ފުރުއްވައި 12 މެއި 2024 ގެ 14:00ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމް މިޢިދާރާގެ ކައުންޓަރ އިން ލިބެންހުންނާނެއެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
05 މޭ 2024