ބީލަން
ނަންބަރު: (IUL)311/311/2024/18
ޕަބްލިޝްކުރި ތާރީޚް: 05 މޭ 2024
ޕަބްލިޝްކުރި ގަޑި: 12:31
ސުންގަޑި: 13 މޭ 2024 11:00
މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އެކިސަރަހައްދުތަކުން ދަނޑުވެރިކަން ކުރުމަށް ބިން ކުއްޔަށް ދޫކުރުން

ރަށުގެ އެކިސަރަހައްދުތަކުން 3 (ތިނެއް) އަހަރުގެ މުއްދަތަށް  ދަނޑުވެރިކަންކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ދަނޑުބިން ދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކާއި ސަރަހައްދުގެ ބޮޑުމިން އެނގޭނޭ ޗާޓް މިއިޢުލާނާއިއެކު ހިމެނިފައިވާނެއެވެ. މިބިންތައް ދޫކުރުމަށް ހަމަޖެހިފައިވަނީ "ވިޔަފާރި އަދި ސިނާއީ ބޭނުންތަކަށް ރ.ފައިނުން ބިން ދޫކުރުމުގެ އުޞޫލު"ގެ 4ވަނަ މާއްދާގެ 7ގައިވާ ގޮތުގެމަތިން ބީލަމުގެ އުޞޫލުން ދަނޑުވެރިކަންކުރުމަށެވެ.

ވީމާ، މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރުއްވުމަށްފަހު  މިކައުންސިލް އިދާރާގެ އީމެއިލް [email protected] ފޮނުއްވައިގެން ނުވަތަ މިއިދާރާއަށް ދުރުވެ ހުށަހަޅައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މިމަސައްކަތަށް ބީލަން ހުށަހެޅޭނީ ވިޔަފާރިކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. ދަނޑުވެރިކަމަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގައި ކުރެވޭނެ މަސައްކަތްތަކާއި، ބީލަމުގައި ބައިވެރިވުމަށް ހުށައަޅަންޖެހޭ ތަކެއްޗާއި އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ މަޢުލޫމާތު ކަރުދާސް ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް ވަކިން ފޮނުވޭނެއެވެ. މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ހޯދުމާއި ބީލަމުގައި ރަޖިސްޓްރީވިކަން ކަށަވަރުކުރުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

އިއުލާނާއި ގުޅޭ އެކި މަރުހަލާތައް ދާނެގޮތުގެ ތާވަލު

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން.

13 މެއި 2024 ވަނަ ދުވަހުގެ 11.00 ގެ ނިޔަލަށް

ބީލަމުގައި ބައިވެރިވުމަށް 100/-ރ. (އެއްސަތޭކަ ރުފިޔާ) ގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވި ކަމުގެ ސްލިޕް ލިބިލައްވާނީ ރެޖިސްޓްރޭޝަން ފީ ދެއްކުމުންނެވެ. ރަޖިސްޓްރީވާ ފަރާތްތަކަށް ބިޑް ޑޮކިއުމެންޓް ފޮނުވޭނެއެވެ.

ބީލަން ބަލައިގަތުން.

21 މެއި 2024 ދުވަހުގެ 11.00 ގެ ނިޔަލަށް.

ބީލަންތައް ހުޅުވުން.

21 މެއި 2024 ވަނަ ދުވަހުގެ 11.00 ގައި ފައިނު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި

 

ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ހާޒިރުގައެވެ. ބީލަން ހުށަހެޅުމަށް ބަދަލުގައި އެހެންފަރާތެއް ފޮނުވާނަމަ، އެކަން އަންގައިދޭ ސިޓީއެއް ހުށަހަޅަންވާނެއެވެ.  ބީލަންތައް ހުންނަންވާނީ  ބަންދުކުރެވިފައިވާ  ސިޓީއުރައެއްގައެވެ.  މިކަމާ  ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރު 4000311 އާއި ގުޅުއްވާ ނުވަތަ އީމެއިލް [email protected] މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

05 މޭ 2024