ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)213-PR/213/2024/22
ޕަބްލިޝްކުރި ތާރީޚް: 05 މޭ 2024
ޕަބްލިޝްކުރި ގަޑި: 10:29
މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
މޯލްޑިވްސް ޕޮލިޓެކްނިކުން ހިންގާ އިލެކްޓްރީޝަން ކޯހަށް ބޭނުންވާ މެޓީރިއަލްސް ސަޕްލައި ކޮށްދިނުން ތަކެތި ހޯދުމަށް އަލުން އިއުލާން ކުރުން

މޯލްޑިވްސް ޕޮލިޓެކްނިކްގައި ހިންހާ އިލެކްޓްރީޝަން ކޯހަށް ބޭނުންވާ މެޓީރިއަލްސް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ކުރި (IUL)213-PR/213/2024/20 އިޢުލާންގައި ރަޖިސްޓްރީ ވުމަށް ހުށައެޅިފައި ލިންކުގައި މައްސަލަތަކެއް ހުރުމުގެ ސަބަބުން އެއިއުލާން ބާތިލްކޮށް އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. މިތަކެތި ސަޕްލައި ކޮށްދިނުމަށް އެދޭ ފަރާތްތަކުން ތިރީގައިވާ ލިންކް ބޭނުން ކުރައްވައިގެން ރަޖިސްޓްރީ 2024 މެއި 13ވާ ދުވަހުގެ 14.00ގެ ކުރިން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

https://forms.gle/WKyq3PFtmm5UjAix8

 

ޕްރީބިޑް ބައްދަލުވުން

މި އިޢުލާނާއި ގުޅިގެން ބާއްވާ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2024 މެއި 14ވާ އަންގާރަ ދުވަހުގެ  ދުވަހުގެ 13.00 ގައި މޯލްޑިވްސް ޕޮލިޓެކްނިކްގައެވެ.

ބީލަން ހުށަހެޅޭނީ ޤާނޫނު ނަމްބަރު: (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަމްބަރު: (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

ބީލަން ހުޅުވުން އަދި ބީލަން ވެލިޑިޓީ

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 2024 މެއި 23ވާ ބުރާސްފަތި ދުވަހުގެ 13.00 ގައި މޯލްޑިވްސް ޕޮލިޓެކްނިކްގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13.00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަސައްކަތް ކޮށްދިނުމަށް ރަޖިސްޓްރީ ނުކުރައްވާފަރާތް ތަކުން ހުށައަޅުއްވާ އަންދާސީ ހިސާބު ބަލައި ގަތުމަށް ހަމަ ޖެހިފައި ނުވާ ވާހަކަ ދަންނަވަމެވެ.

ބީލަން ހުށަހަޅުއްވާ އިރު ބިޑުގެ ސޮފްޓް ކޮޕީއެއް ހުށަހަޅަން ވާނެއެވެ. (ސީ.ޑީ/ޕެންޑުރައިވް.)

އިތުރު މަޢުލޫމާތު ސާފުކުރުން

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 2024 މެއި 12 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން  [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.  ނުވަތަ 3002571 އާއި ގުޅުއްވުން އެދެމެވެ.

05 މޭ 2024