ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމު: އެޑްމިނިސްޓްރޭޓިވް އޮފިސަރ
މަޤާމުގެ ރޭންކް: GS 3
މަޤާމުގެ ކުލެސިފިކޭޝަން: އޮފިސަރ ގުރޭޑް 1
މަސައްކަތް ހަމަޖެހިފައިވާ ތަން: އދ. މަންދޫ ސްކޫލް
ބޭނުންވާ އަދަދު: 1 (އެކެއް)
ރަށް: އދ. މަންދޫ
މަޤާމުގެ ގިންތި: ދާއިމީ
މުސާރަ: މަހަކު -/4،465 ރުފިޔާ
ސަރވިސް އެލެވެންސް: މަހަކު -/1،500 ރުފިޔާ
މަޤާމުގެ ޝަރުޠު:
- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގުރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގުރޭޑް ލިބިފައިވުން.
ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތް:
- މަންދޫ ސުކޫލުގެ ފަރާތުން އެކިއެކި ފަރާތްތަކާ ލިޔެކިޔުމުން ކުރަންޖެހޭ މުޢާމަލާތުތައް ކުރުން.
- އިދާރީ، ބަޖެޓް އަދި ކިޔަވައިދިނުމާ ގުޅޭ ރެކޯޑްތަކާއި ލިޔެކިޔުންތައް ސްކޫލުން އަންގާގޮތެއްގެ މަތިން ލިޔެ ބެލެހެއްޓުން.
- އިސްވެރިންގެ ލަފާގެމަތިން ފައިސާއާބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުމާއި، ސްޓޮކް ބެލެހެއްޓުން.
- ސުކޫލުގެ އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.
- މަހުންމަހަށް ފޮނުވަންޖެހޭ ރިޕޯޓް ތައްޔާރުކުރުން.
- ދުވަހުން ދުވަހަށް ޔައުމިއްޔާ ތައްޔާރުކުރުން.
އިތުރުގަޑީގެ ފައިސާ:
އިތުރުގަޑީގައި މަސައްކަތްކުރަން ޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
އިންޓަވިއު ކުރުން:
ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނެ ތަނާއި، ތާރީޚާއި ގަޑި، 17 މެއި 2015 އާއި 25 މެއި 2015 އާ ދެމެދުގެ ތާރީޚެއްގައި މި ސްކޫލުން އެ ފަރާތްތަކަށް އެންގޭނެއެވެ.
ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމިގައި ބެލޭނެ ކަންތައްތައް:
ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
ނ. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
ރ. މީގެ އިތުރުން، ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.
ސުންގަޑި:
ޝަރުޠު ހަމަވާ މީހުން، 2015 މެއި 14 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 12:00 ގެ ކުރިން، ތިރީގައި ބަޔާންކުރެވިފައިވާ ތަކެއްޗާ އެކު، އދ. މަންދޫ ސްކޫލަށް ހުށަހެޅުން އެދެމެވެ.
ހުށަހަޅަންޖެހޭ ތަކެތި:
ހ. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި ސްކޫލުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ން) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
ށ. މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ސާފު ފޮޓޯކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)
ނ. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ކަރިކިއުލަމް ވިޓާ (ގުޅޭނެ ފޯނު ނަންބަރާއެކު)
ރ. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ބ. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)
މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)
ނޯޓް:
މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
އިތުރު މަޢުލޫމާތު:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ ނަންބަރ 6680843 ފޯނަށް ގުޅުން އެދެމެވެ. އީމެއިލް އެޑްރެހަކީ [email protected] / [email protected] އެވެ.
11 ރަޖަބު 1436